ދުނިޔެ

އައިއެސް އިން ސީރިޔާގެ އަވަށަކަށް ހަމާލާދީ 148 މީހުން މަރާލައިފި

ސީރިޔާގެ ސަރުކާރު އަސްކަރިއްޔާއިން ކޮންޓްރޯލް ކުރަމުންދާ އަވަށްތަކަކަށް އައިއެސް ޖަމާއަތުން ބޮމުގެ ހަމަލާތަކެއްދީ 148 މީހުން މަރާލައިފި އެވެ. ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާތަކުގައި ޓާޓަސް އާ ޖަބްލެހް ސިޓީގެ އައްސޭރިފަށުގައި ހުރި ބަސް ސްޓޭޝަން ތަކާއި ހޮސްޕިޓަލްތަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށްވެ އެވެ.

ސީރިއަން އޮބްޒަވޭޓަރީ ގުރޫޕުން ބުނީ މިހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް ބެލެވެނީ އެއަވަށްތަކުގައި ގާއިމްކޮށްފައި ހުރި ރަޝިޔަން ނާވަލް ފެސިލިޓީ އަދި ރަޝިޔާއިން އޮޕަރޭޓް ކުރާ އެއާ ބޭސް ތަކަށް ކަމަށެވެ. އެގުރޫޕުން ބުނީ ޖުމްލަ ހަތް ގޮއްވާލުމެއް ގޮއްވާލާފައިވާ ކަމަށާއި ޖަބްލެހް އަވަށުގައި ހަތަރު ގޮއްވާލުން ގޮއްވާލާފައިވާ ކަމަށެވެ. އެއީ ޖާނުން ފިދާ ވުމުގެ ތިން ހަމަލާއަކާއި ކާރެއްގައި ހަރުކޮށް ގޮއްވާލައިގެން ދިން ހަމަލާއެއް ކަމަށެވެ. އަދި ޓާޓަސް އަވަށުގައި ޖާނުން ފިދާ ވުމުގެ ދެ ހަމަލާއަކާއި ކާރެއްގައި ބޮން ހަރުކޮށް ގޮއްވާލައިގެން ދިން ހަމަލާއެކެވެ.

ސީރިޔާގެ ބައެއް ލޯކަލް ޓީވީ ފޫޓޭޖްތަކުން ދައްކާގޮތުގައި ޓާޓަސް އަވަށުގައި ބޮން ގޮއްވާލިއިރު ގިނަ އަދަދެއްގެ ވެހިކަލްތައްވެސް ގޮވާ މަންޒަރު ފެެނެ އެވެ.

އެމެރިކާގެ ސެކެޓްރީ ޖެނެރަލް ބަންކީމޫން ވަނީ މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.