ދުނިޔެ

ގެއްލިފައިވާ ސްޕެއިންގެ ނޫސްވެރިޔާ ހޯދަން ކޮލަމްބިއާ ސިފައިން

ގެއްލިފައިވާ ސްޕެއިންގެ އެލް މުންޑޯ އަދި އެލް ޓެމްޕޯގައި މަސައްކަތް ކުރާ އެ ގައުމުގެ ނޫސްވެރިޔާ ސާލުދް ހަރްނަންޑޭޒް މޯރާ ހޯދަން ކޮލަމްބިއާ ސިފައިން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ. މޯރާ ރަހީނު ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް އެގައުމުގެ ރައީސް ޖުއާން މަނުއެލް ސަންޓޯސް ވިދާޅުވެ އެވެ.

މޯރާ އެންމެ ފަހުން ފެނިފައިވަނީ ކޮލަމްބޯގެ އިރުއުތުރުގެ ސްޓޭޓެއްގައި ކޮކާ ކްރޮޕް ތަހުގީގް ކުރަމުން ދަނިކޮށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މޯރާ ހޯދަން ސިފައިންނަށް ރައީސް ސަންޓޯސް އަމުރު ނެރުމުގެ އިތުރަށް މޯރާ ހޯދުމުގެ މަސައްކަތް އެންމެ ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް މޯރާ ފެނިއްޖެނަމަ ވީ އެންމެ އަވަހަކަށް މޯރާ ދޫކޮށްލަން އަމުރުކުރައްވާފަ އެވެ.

"އަހަރެން ވާނީ ސަލާމަތީ ބާރުތަކުގެ އިސް ވެރިންނަށް، ޗީފް އޮފް ޕޮލިސް އަށް މޯރާ ހޯދުމުގެ މަސައްކަތް ކުރަން ގޮވާލާފައި، އަދި ފެނިއްޖެ ނަމަ ވީ އެންމެ އަވަހަށް ދޫކޮށްލަން އަންގާފައި ވާނެ،" ރައީސް ސަންޓޯސް ވިދާޅުވި އެވެ.

ސްޕެއިންގެ ފޮރިން މިނިސްޓްރީ އާ ހަވާލާދީ ރިޕޯޓުތައް ބުނަނީ މޯރާ ވަގަށް ނަގާފައިވާ ކަމަށް ބެލެވެނީ ކޮލަމްބިއާގެ ދެވަނަ އަށް އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ނެޝަނަލް ލިބެރޭޝަން އާމީ (އީއެލްއެން) އިން ކަމަށެވެ. އަދި މޯރާ ވަނީ ރަހީނުކޮށްފައި ކަމަށް ބުނާ ވާހަކަ ކޮންފާމް ނުކުރެވޭ ކަމަށާއި ވެސް ކުރެވޭ ޝައްކެއް ކަމަށެވެ.

މޯރާ އަކީ ކޮލަމްބިއާގައި ކޮރަސްޕޮންޑެންޓެއްގެ ގޮތުގައި ކަނޑައަޅާފައި ހުންނަ ނޫސްވެރި އެކެވެ. އޭނާ ކޮލަމްބިއާގައި ހަރަކާތްތެރިވާތާ މިވަނީ 20 އަހަރުވެފަ އެވެ. މޯރާ ރަހީނުކުރި ހިސާބަކީ އީއެލްއެން އިން ޑްރަގް ޓްރެފިކް ކުރާ ސަރަހައްދެއް ކަމަށް ސްޕޭންގެ އެލް ޓިއެމްޕޯ ނޫހުން ބުނެ އެވެ.