އިލެކްޝަންސް ކޮމިޝަން

އިންތިހާބުތަކާގުޅޭ ގޮތުން އީސީން އީޔޫއާ މަޝްވަރާކޮށްފި

May 24, 2016

އިންތިޚާބުގެ ކަންކަމާއި ގުޅޭގޮތުން އީޔޫ އިން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނާއި ބައްދަލުކޮށް މަޢުލޫމާތު އޮޅުންފިލުވައިފިއެވެ.

އީސީން ބުނީ އީޔޫގެ ގައުމު ތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ހިމެނޭ 14 މެމްބަރުންގެ ޓީމުން ކޮމިޝަނުގެ މެމްބަރުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި، ކުރިއަށް އޮތް އިންތިހާބުތަކާއި ގުޅެގޮތުން ހުރި ކަންބޮޑުވުންތަކާއި، ކޮމިޝަނަށް ދިވާމާ ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވި ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ބައްދަލުވުމުގައި ވޯޓުލާ މީހުންގެ ރަޖިސްޓްރީ ތައްޔާރު ކުރުމާއި ރީ ރަޖިސްޓްރީ ކުރުމުގައި ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށާއި އިންތިޚާބުތަކަށް ހިނގާ ހަރަދުތައް ކުޑަކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން އެދެވޭ ހައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

އަދި ކޮމިޝަނުން ތައާރަފް ކުރުމަށް މަސައްކަތްކުރާ އީ ވޯޓިން ނިޒާމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ވެސް އީޔޫ އާ ހިއްސާކޮށް އެ ނިޒާމަށް އާއްމުން ހޭލުންތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން އިލެޝަންސް ކޮމިޝަނުގެ މުވައްޒަފުންގެ ފަންނީ ގާބިލްކަން އިތުރުކުރުމުގައި އީޔޫން ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާމެދުވެސް މަސްވަރާކުރި ކަމަށެވެ.