ސިނަ މާލެ ބްރިޖް

ބްރިޖް މަސައްކަތަށް ބޮޑު ފްލޯޓިން ކެރޭނެއް ގެނެސްފި

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތަށް ބޮޑު ފްލޯޓިން ކެރޭނެއް ގެނެސްފި އެވެ. ބްރިޖުގެ މަސައްކަތައް މިއަދު ފްލޯޓިން ކްރޭންއެއް ގެނެސްފައިވާ އިރު އިއްޔެ ވެސް ވަނީ އިތުރު ދެ ބާޖުވެސް ގެނެސްފަ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބްރިޖު އެޅުމުގެ މަސައްކަތަށް ގެނެވޭ އެންމެ ބޮޑު ފްލޯޓިން ކްރޭން މިއަދު ގެނެސްފައިވާ ކަމަށެވެ.

މާލެއާ ހުޅުލެ ދެމެދު އަޅައި ބްރިޖުގެ މަސައްކަތައް އެންމެ ބޮޑު ޝިޕްމަންޓް އައިއިރު ޗައިނާ އިން ވަނީ ދެ ފްލޯޓިން ކްރޭންއެއް ކުރިން ވެސް ގެނެސްފަ އެވެ. ޗައިނާގެ ސީސީސީސީ ކުންފުނިން ބްރިޖުގެ މަސައްކަތް ކުރަމުންދާ އިރު މިހާތަނަށް 400 އަށް ވުރެއް ގިނަ މުވައްޒިފުން ވެސް ވަނީ ރާއްޖެ އައިސްފަ އެވެ. އަދި މީގެ ކުރިން 8500 ޓަނަށް ވުރެއް ގިނަ ސާމާނު ވެސް ވަނީ ގެނެސްފަ އެވެ.