ހަބަރު

ބައިބަލާ ސަރަހައްދުގައި ހުރި ވެހިކަލްތަކެއްގައި ރޯކޮށްލައިފި

May 26, 2016

ކާނިވާ ބިއްދަށުން، އޮންނަ ބައިބަލާ ކުޅޭ ސަރަަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ހުޅުޖަހައި، ރޯކޮށްލައިފި އެވެ. މިރޭ ދަންވަރު 2:15 އެހާކަން ހާއިރު ހިނގި މި ހާދިސާގައި ސައިކަލްގައި ރޯކޮށްލުމުން އެޔާ ޖެހިގެން އޮތް ވޭނަކަށާއި ޕިކަޕަކަށް އަލިފާނުގެ އަސަރުކޮށް ގެއްލުންތައްވި އެވެ.

އަލިފާން ރޯކޮށްލިތާ މާގިނައިރުތަކެއް ނުވެ ސިފައިން އައިސްވަނީ އަލިފާންގަނޑު ނިއްވާލައިފަ އެވެ. އެހެން ނަމަވެސް ސައިކަލް ވަނީ އެކީ އަނދައިފަ އެވެ. އަދި އަލިފާނުގެ އަސަރު ކުރި ކާރާއި ޕިކަޕްގެ ބޮޑު ބައެއް ވަނީ އަނދައިގެން ގޮސްފަ އެވެ. ބެލެވޭ ގޮތުގައި އަލިފާން ރޯކޮށްލި ސައިކަލަކީ ބޭނުންނުކޮށް އެ ސަރަހައްދުގައި ގިނަ ދުވަސްވެފައިވާ ސައިކަލެކެވެ. އެހެން ނަމަވެސް އެކަން ޔަގީނެއް ނުވެ އެވެ. އެ ސަރަހައްދަކީ ކާރާއި ޕިކަޕް ފަދަ ތަކެތި އާންމުކޮށް ޕާކްކޮށްފައި އޮންނަ ސަރަހައްދެކެވެ.

މަންޒަރުދުށް ބައެއް މީހުން ބުނި ގޮތުގައި ސައިކަލްގައި ރޯކޮށްލި އަލިފާންގަނޑު ބޮޑަށް ނުފެތުރުނީ ސައިކަލްގެ ވަށައިގެން ފިލާޖަހާފައި ހުރުމުންނާއި ސިފައިން އެ ސަރަހައްދަށް އެޓެންޑްވިލެއް އަވަސް ކަމުންނެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ހުންނަ ވެހިކަލްތަކުގައި ހުޅުޖެހުމުގެ ހާދިސާތައް ދޭތެރެ ދޭތެރެ އިން ހިނގަ އެވެ.