ހަބަރު

"ޔަގީން" ގެ ނަމުގައި ހަފުތާ މަޖައްލާއެއް ނެރެން ފަށައިފި

Feb 9, 2015
1

"ޔަޤީން" ގެ ނަމުގައި ހަފުތާ މަޖައްލާއެއް ނެރެން ފަށައިފި އެވެ.

މިދިއަ ރިޔާސީ ކެމްޕޭނުގައި ރައީސް ޔާމީން ބޭނުން ކުރެއްވި ސްލޯގަން "ޔަގީން"  ނަމަކަށް ބޭނުންކޮށްގެން ނެރެން ފެށި މި މަޖައްލާއަކީ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ޕްރޮމޯޓް ކުރަން ނެރެން ފެށި މި މަޖައްލާއެކެވެ.

މި މަޖައްލާގެ ފުރަތަމަ އަދަދު ނެރެފައިވާއިރު އެ އަދަދުގެ ކަވަޕޭޖް ހާއްސަކޮށްފައި ވަނީ ވެސް ރައީސް ޔާމީނަށެވެ. މީގެ އިތުރުން ޕީޕީއެމާ އަލަށް ގުޅި ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދުގެ އިންޓަވިއުއެއްވެސް ހިމަނާފައިވެއެވެ.

އެ މަޖައްލާ ނެރޭ ފަރާތުން ބުނީ ހިލޭ ބަހާ މި މައްޖައްލާގެ ފުރަތަމަ އަދަދުގެ 6000 ކޮޕީ ޗާޕް ކުރި ކަމަށެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ހާއްސަ މި މަޖައްލާ ނުކުންނަން ފެށި އިރު އެމްޑީޕީންވެސް ވަނީ "މޫންލައިޓް" ގެ ނަމުގައި ނިއުސް ލެޓާއެއް ނެރެން ފަށާފައެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ޕްރޮމޯޓް ކުރުމަށް އޭނާގެ މަސްލަހަތު އޮންނަ ވީމީޑިއާއިން ވެސް "ވީކްލީ" ގެ ނަމުގައި މަޖައްލާއެއް ނެރެއެވެ.