މޯލްޑިވްސް ކަސްޓަމްސް ސާވިސް

ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރާއި މަޑިމަސްތަކެއް ނައްތާލައިފި

0%
0%
0%

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި މިޔަރު އަދި މަޑިމަސްތަކެއް ނައްތާލައިފި އެވެ.

މިތަކެއްޗަކީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެއިން ބޭރުކުރުން މަނާ ތަކެއްޗެވެ.

ކަސްޓަމްސް އިން ބުނީ ނައްތާލި ތަކެތި ދެނެގަނެވުނީ ރާއްޖެއިން ބޭރުކުރަން އުޅުނު ޝިޕްމަންޓެއްގައި އެފަދަ ތަކެތި ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ބަލައި ފާސްކުރުމެއްގެ ތެރެއިން ކަމަށެވެ.

ކަސްޓަމްސް އިން މިމަހުގެ 22 ވަނަ ދުވަހު ތިލަފުށީގައި ނައްތާލި ތަކެތީގެ ތެރޭގައި 582 ކިލޯގެ މިޔަރު އަދި މަޑިމަހެވެ.

މިޔަރާއި މަޑީގެ ބާވަތްތަކަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ހިފުމާއި ރާއްޖެއިން ބޭރުކުރުން މަނާ ތަކެއްޗެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910