މޯލްޑިވްސް ކަސްޓަމްސް ސާވިސް

ވަގަށް އެތެރެކުރި ވޭޕް އަތުލައިގެންފި

0%
0%
0%

ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނުތަކެއް ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭ ގޮތަށް 2062 އައިޓަމް ވަނީ އަތުލައިގަނެފަ އެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ މެލޭޝިޔާ އިން އިއްޔެ ރާއްޖެ އައި ތިން ފަސިންޖަރެެއްގެ ލަގެޖުންނެވެ.

އެ ފަސިންޖަރުންގެ ލަގެޖު ބަލައިފާސްކުރީ ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.

އަތުލައިގަތް ތަކެތި

  • ނެނޯ ސްޓިކް - 1714
  • ޓެރިއާ ސްޓިކް - 200
  • ކެލިބާން ކާޓްރިޖް - 96
  • ވީމޭޓް ކާޓްރިޖް - 50
  • ވޭޕް ފްލޭވާ ލިކުއިޑް (ފުޅި) - 2

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާ ތަކެއްޗެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910