ހަބަރު

ސިފައިންގެ ޗީފް ބަންގްލާދޭޝްގެ ރައީސްއާ ބައްދަލުކުރައްވައިފި

Feb 9, 2015

ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހްމަދު ޝިޔާމް ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދުއާ ބައްދަލުކުރައްވައިފި އެވެ.

ބަންގްލަދޭޝް ނޭވީގެ ޗީފް އޮފް ނޭވަލް ސްޓާފް، ވައިސް އެޑްމިރަލް މުހައްމަދު ފަރީދު ހަބީބުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް އެ ގައުމުގެ ރައީސްއާ ބައްދަލުކުރައްވާފައި ވާއިރު އެ ގައުމުގެ ޗީފް އޮފް ނޭވަލް ސްޓާފް ވައިސް އެޑްމިރަލް މުހައްމަދު ފަރީދު ހަބީބުއާ ވެސް އިއްޔެ ވަނީ ބައްދަލުކުރައްވާފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް މި ބައްދަލުކުރެއްވުމުގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.

ޗީފް އޮފް ޑިފެންސް ފޯސް ބަންގްލަޝްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބަންގްލަދޭޝް ނޭވަލް ހެޑްކްއޯޓަޒަށް އިއްޔެ ވަނީ ޒިޔާރަތް ކުރައްވައިފަ އެވެ. މި ޒިޔާރަތުގައި ނޭވަލް ހެޑްކްއޯޓަޒްގައި ވަނީ ޝިޔާމްގެ ޝަރަފުގައި އޮނަ ގާޑެއް އަރުވާފަ އެވެ. އަދި ޝިކާ އަނިރްބަން (ޝަހީދުންގެ ބިނާ) އަށް ވެސް ޗީފް ވަނީ ޒިޔާރަތްކުރައްވާފަ އެވެ.

ޗީފް މި މަހުގެ ހަތް ވަނަ ދުވަހު ފެއްޓެވި ދަތުރުފުޅު ނިންމަވާލައްވާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.