ލައިފްސްޓައިލް

މަސައްކަތަށް ދެވި ހިފުމަކީވެސް ނަފްސާނީ ބައްޔެެއް!

އަބަދު އުޅެވެނީ އޮފީހުގަ އެވެ. ގޭގައި ހުއްޓަސް އިންނަނީ ލެޕްޓޮޕް ހިފައިން އެއްޗެއް ލިޔާށެވެ. މަގުމަތީ ވިއްޔާ ފޯނަށް ބަލަހައްޓައިގެނެވެ. ރައްޓެހިން ބާކީ ވެއްޖެ އެވެ. އެއްޗަކީ ވެސް ކަމަކީ ވެސް އޮފީހެވެ. މިއީ ދުވާލަކު އެއް ފަހަރު ކަހަަލަ ގޮތަކަށް އަހާލަން ޖެހޭ ޑައިލޮގްކޮޅެކެވެ.

މިހާރު އެންމެނަށް ވިސްނައިދީ ދީ ވަރުބަލިވެއްޖެ އެވެ. އެހެން މީހުން އޮފީހަށް މަޖުބޫރުން ދިޔަސް ފަހަރުގައި އޮފީހަށް ދާހިތުން ދާ މީހުން ތިބޭނެ އެވެ. މަސައްކަތް ދެކެ އިންތިހާއަށް ލޯބިވާ މީހުން ތިބޭނެ އެވެ. އަނެއްބައި މީހުންނަކީ ކުރާ ހިތް ނުވިއަސް އެނޫން އެެހެން ގޮތެއް ނެތިގެން މަސައްކަތް ކުރާ މީހުންނެވެ.

ދުވާލަކު 12 ގަޑިއިރު ނުަވަތަ ފަނަރަ ގަޑިއިރު ވަންދެން މަސައްކަތް ކުރާ މީހުންވެސް އެބަތިއްބެވެ. އޮފީހުގައި އެވަރަށް ވަގުތު ހޭދަކޮށްފައި އައިސް ގޭގައިވެސް ގިނަ ވަގުތު އޮފީސް މަސައްކަތުގައި އުޅޭ މީހުން މަދެއް ނޫނެވެ. މިކަމާއި ބެހޭގޮތުން ސައިންސްވެރިން ދާދިފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މަސައްކަތުގަިއ މާބޮޑަށް ޖެހި އެކަމުގައި ދެވި ހިފާ ކަމުގައިވާނަމަ ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށް ތިމާވެދާނެ އެވެ. ފުރުސަތު ވަރަށް ބޮޑުވެއްޖެ އެވެ.

ސައިންސް ޑެއިލީ ބުނާގޮތުން ޔުނިވާސިޓީ އޮފް ބާގަން އިން ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާ ގިތުން އެ ދިރާސާ އަށް ބޭނުންކުރި 16،000 މުވައްޒަފަކުގެ ކިބައިން ނަފްސާނީ ބައްޔެއްގެ އަލާމާތްތައް ފެނިފައިވެ އެވެ. އެއީ އަށް ޕަސަންޓު މީހުންނެވެ. އެމީހުންނަކީ އެމީހުންގެ މަސައްކަތަށް ދެވި ހިފާފައި ތިބި މީހުންނެވެ. އެމީހުންގެ ތެރެއިން ބޮޑު އިންސައްތައެއްގެ މީހުންނަކީ މަސައްކަތް ނުކުރާނަމަ ސްޓްރެސްވެ މޫޑު ގޯސްވާ ކަމަށްވެ އެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އެމީހުންގެ ހޮބީ އާ ހުސްވަގުތު ތަކުގައި ކުރާ ކަންތައްތަކަށްވެސް ކަޅިއެއް އެއްލައިގެންނެވެ. މި މީހުންނަކީ އެންމެ ކުރިން އޮފީހަށް އައިސް އެންމެފަހުން އޮފީހުން ނުކުންނަ މީހުންނެވެ. ދިރާސާއަށް ބަލާއިރު މަސައްކަތަށް ދެވި ހިފާފައި ތިބި މީހުންގެ ކިބައިން އޮބްސެސިވް ކޮމްޕަލްސިވް އޯޑާ (އޯސީޑީ) ފެންނަ މިންވަރު މަސައްކަތަށް ދެވިހިފާފައި ނެތް މީހުންގެ ކިބައިން ފެންނަލެއް ގިނަ އެވެ. މަސައްކަތަށް ދެވި ހިފާ މީހުންގެ ތިން ބައިކޮށްފައި އެއްބައި މީހުންނަކީ އެޓެންޝަން ޑެފިސިޓް ހައިޕާރިއެކްޓުވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ނުވަތަ އެންޒައިޓީ ހުންނަ މީހުންނެވެ. އަދި މަސައްކަތަށް ދެވި ހިފާ މީހުންގެ ނުވަ ޕަސަންޓު މީހުން ޑިޕްރެޝަންގެ އަލާމާތްތައް ފެނި ރިޕޯޓުކޮށްފައިވެ އެވެ. އަދި ނިސްބަތުން ބަލާއިރު މަސައްކަރަށް ދެވި ނުހިފާ މީހުންނަށް ޑިޕްރެޝަން ހުންނަ މިންވަރު އިތުރުނުވާ ކަމަށް ވެ އެވެ.

މިހާރުގެ ދިރިއުޅުމަކީވެސް ސްޓްރެސްފުލް ލައިފެކެވެ. އިތުރު ސްޓްރެސް އެއް ދިރިއުޅުމަށް އަންނަ ނަމަ އެކަމަށް ވަރަށް ރަަނގަޅަށް ކުރިއާލާ ތައްޔާރުވާންވާނެ އެވެ.

މިދިރާސާވަނީ މިފަދަ އެހެން ދިރާސާއަކަށް ބާރުވެސް ދީފަ އެވެ. އެއީ މަސައްކަތް އިސްކޮށް އަބަދު އެކަމުގައި އުޅޭނަމަ އެއީ އަމިއްލަ ޕާސަނަލް ލައިފްއަށްވެސް ސީރިއަސް ނަފްސާނީ ބައްޔެއް ޖެހިދާނެ ކަމެއް ކަމެކެވެ. އަދި މިދިރާސާއިން ދައްކާގޮތުގައި މިއީ ޕޮޒިޓިވް އެޑިކްޝަން އެއްގެ ބަދަލުގައި ނެގެޓިވް ނަތީޖާއެއް ނުކުމެންދިޔަ ދިރާސާއެއް ކަމެވެ.

އަމިއްލައަށް ވިސްނާލާށެވެ. ތިއީ މަސައްކަތަށް ދެވި ހިފާފައި ހުރި މީހެއް ހެއްޔެވެ؟ އެހެން ނަމަ މަދުކޮށްލާށެވެ. ޗުއްޓީއެއް ނަގާލައި މަސައްކަތާއި ވީހާވެސް ދުރުވާށެވެ. ނޫނީ ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށްވެ ތިމާ ކައިހުސްކޮށްފާނެ އެވެ.