ޖޭއެސްސީ

ދަށުކޯޓުތަކުގެ ހަތް ފަނޑިޔާރަކު އެހެން ކޯޓުތަކަށް ބަދަލުކޮށްފި

“ދަށުކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ އުސޫލު”ގެ ދަށުން ހަތް ފަނޑިޔާރަކު، މިހާރު މަސައްކަތް ކުރައްވާ ކޯޓު ނޫން އެހެންކޯޓުތަކަށް ބަދަލުކޮށްފި އެވެ.

އެ ހަތް ފަނޑިޔާރުން މަސައްކަތްކުރައްވާ ކޯޓު ބަދަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ހުށަހެޅި ހުށަހެޅުންތަކަށް ރިއާޔަތްކޮށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ފަނޑިޔާރުންނަށް ގެނައި ބަދަލު:

  • ކްރިމިނަލް ކޯޓުގެ ގާޒީ ސައީދު އިބްރާހިމް ޖުވެނައިލް ކޯޓަށް
  • ޖުވެނައިލް ކޯޓުގެ ގާޒީ އަހްމަދު ޝަކީލް ކްރިމިނަލް ކޯޓަށް
  • ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު ޖުވެނައިލް ކޯޓަށް
  • ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު ނައީމް ޑްރަގްކޯޓަށް
  • ކ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓް މޫސާ ނަސީމް ގދ.ގައްދޫ ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓަށް
  • ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް އަބްދުލްގަފޫރު ވ.ކެޔޮދޫ މެޖިސްޓްރޭޓްކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓަށް
  • ވ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް މުހައްމަދު ރާގިބް ކ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓަށް