ޑރ. މުހައްމަދު މުއިއްޒު

ޝަރުއީ ދާއިރާގެ "ގަޟައީ އަހަރު" އިފްތިތާހްކޮށްދެއްވައިފި

ޝަރުއީ ދާއިރާގެ "ގަޟައީ އަހަރު" ރައީސް މުއިއްޒު އިފްތިތާހްކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ގަޟާއީ އަހަރު 2024' ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިފްތިތާހް ކޮށްދެއްވައިފި އެވެ.

ގަޟައީ އަހަރު އިފްތިތާހް ކުރުމުގެ ޖަލްސާ މިރޭ ކުރިއަށް ގެންދިޔައީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަ އެވެ.

ޤަޟާއީ އަހަރު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިއްމު އެއް މަގުސަދަކީ ފާއިތުވި އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާ އިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތައް ކަނޑައެޅުމެވެ.

މިރަސްމިއްޔާތުގައި ވަނީ ޝަރުއީ ދާއިރާއަށް 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް އެބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފަ އެވެ. އެ ބޭފުޅުންނާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުޢުތަސިމް ޢަދުނާނާއި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިނާއި ޝަރުއީ ދާއިރާއާއި އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345