ހަބަރު

ޖޭޕީ-އެމްޑީޕީ އިންޓަ ޕާޓީ ކޮމިޝަންގައި އެމްޑީޕީން ބައިވެރިވާ ބޭފުން ކަނޑައަޅައިފި

Feb 9, 2015

ގާނޫން އަސާސީ ނެގެހެއްޓުމަށާއި ގާނޫނުގެ ބާރު ދަމަހައްޓަން އެމްޑީޕީ އާއި ޖޭޕީން އެކުގައި މަސައްކަތް ކުރުމަށްވި އެއްބަސްވުމުގެ ދަށުން އެކުލަވައިލި އިންޓަ ޕާޓީ ކޮމިޝަންގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ނަން އާންމު ކޮށްފި އެވެ.

އެމްޑީޕީން ބުނީ އެ ކޮމިޝަންގައި އެޕާޓީ ތަމްސީލު ކުރާނީ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި ޗެއާޕާސަން އަލީ ވަހީދާއި ޕީޖީ ލީޑަރު އިބްރާހިމް މުޙައްމަދު ސޯލިހާއި މަޖިލިސް މެންބަރު މާރިޔާ އަޙްމަދު ދީދީ އާއި މާލޭގެ މޭޔަރު މުހައްމަދު ޝިހާބާއި މަޖިލިސް މެންބަރު އަބްދުﷲ ޝާހިދާއި މަޖިލިސް މެންބަރު މުހައްމަދު އަސްލަމެވެ.