ބޭރު ކުޅިވަރު

ބާސެލޯނާގެ އާޖާޒީ ދައްކާ ދައްކާލައިފި

May 31, 2016

ބާސެލޯނާގެ އާޖާޒީ ދައްކާލައިފި އެވެ.

ނައިކީ ކުންފުނިން ތައްޔާރުކޮށްފައިވާ މި ޖާޒީ އަކީ 1992 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ބާސެލޯނާ ކާމިޔާބުކުރިތާ 25 އަހަރު ފުރޭތީވެ އެ އަހަރު ކުޅުނު ޑިޒައިނަށް ހެދި ޖާޒީއެކެވެ. ބާސެލޯނާގެ ރަސްމީ ގަދަ ނުލާއި ރަތް ރޮނގު ޖާޒީގެ ދިގަށް ވަނީ މި ޖާޒީގައި ދަމާލައިފަ އެވެ.

ޖާޒި ދައްކާލުމުގެ ރަސްމިއްޔާތުގައި ބައިވެރިވީ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އާއި ޖެރާޑް ޕީކޭ އަދި ތިން ފޯވަޑުން ކަމަށްވާ ލަޔޮނަލް މެސީ އާއި ނޭމާ އަދި ލުއިސް ސުއަރޭޒް އެވެ.

އިނިއެސްޓާ ބުނީ މި ޖާޒީ އަކީ ވަރަށް ބާސެލޯނާގެ ސްޓައިލުގެ ޖާޒީއެއް ކަމަށާއި ޖާޒީ ބަލާލަން ރީތިވެފައި ހިތްގައިމު ކަމަށެވެ. އަދި މި ޖާޒީ އަކީ ކާމިޔާބު ހޯދާފައިވާ ޖާޒީއަކާ ވައްތަރުކޮށް ހެދި ޖާޒީ އަކަށްވާތީވެ އަންނަ ސީޒަނުގައި ބާސެލޯނާގެ ނަސީބު ރަނގަޅުވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އާ ޖާޒީ ނެރުނުއިރު ސްޕޮންސާއެއްނެތެވެ. 2011 ވަނަ އަހަރާ ހަމައަށް އެއްވެސް ސްޕޮންސަރަކަށް ފުރުސަތު ނުދީ ތިބި ބާސެލޯނާއިން ޖާޒީގައި މިހާތަނަށް ޖަހާފައިވާ ދެ ސްޕޮންސާ އަކީ ޔުނެސެފް ލޯގޯ އާއި ގަތަރު އެއާވޭޒް އެވެ. މީގެ ތެރެއިން ގަތަރު އެއާވޭޒް އިން ވަނީ ބާސެލޯނާއާއެކު އެއްބަސްވި 47 މިލިއަން ޔޫރޯގެ އެއްބަސްވުން ކުރިއަށް ނުގެންދަން ނިންމައިފަ އެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބަލިވިއިރު ބާސެލޯނާ ވަނީ ސްޕެނިޝް ކަޕާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ.