ބާސެލޯނާ

ޖަރުމަނުގެ މިޑްފީލްޑަރު ގުންދުޣާން ބާސެލޯނާއަށް

ޖާމަނީގެ މިޑްފިލްޑަރު އިލްކޭ ގުންދުޣާން
0%
0%
0%

ޔޫރަޕްގެ ޗެމްޕިއަން މެންޗެސްޓާސިޓީއަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފިލްޑަރު އިލްކޭ ގުންދުޣާން ސްޕޭންގެ މަޝްހޫރު ކްލަބް ބާސެލޯނާއަށް ސޮއިކޮށްފި އެވެ.

ގުންދުޣާން، 32، ސްޕޭންގެ ޗެމްޕިއަން ކްލަބް ބާސެލޯނާއަށް ސޮއި ކުރީ ވޭތުވެދިޔަ ހަތް އަހަރުގައި އިނގިރޭސި ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީގައި އެތައް ޓްރޮފީއެއްގެ ކާމިޔާބަށްފަހު ހިލޭ ޓްރާންސްފާ އެއްގެ ދަށުންނެވެ.

ބާސެލޯނާ އިން ބުނި ގޮތުގައި ގުންދުޣާންއަކީ ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އަދި ގޭމް މޮޅަށް ދަނެގަންނަ ކުޅުންތެރިއެކެވެ.

ގުންދުޣާންގެ ކެޕްޓަންކަމުގައި މެންޗެސްޓާ ސިޓީ އިން މިފަހަރުގެ ސީޒަންގައި ޔޫރަޕްގެ ޗެމްޕިއަންސް ލީގު ތައްޓާއި އެފްއޭ ކަޕް އަދި ލީގާއެކު މި ސީޒަންގެ ތިން މުބާރާތްވެސް ކާމިޔާބުކުރި އެވެ. މިއާއެކު އެ ޓީމުވެގެން ގޮސްފައިވަނީ އިނގިރޭސި ތާރީހުގައި އެއް ސީޒަނެއްގައި ތިން މުބާރާތް ކާމިޔާބުކުރި ދެވަނަ ކްލަބަށެވެ.

މެންޗެސްޓާ ސިޓީ އާއި ކޯޗް ޕެޕް ގާޑިއޯލާ 2016ގައި ހަވާލުވެ އެންމެ ފުރަތަމަ ޓީމަށް ގެނައި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ގުންދުޣާން ދޫކޮށްލަން ސިޓީ އިން ބޭނުމެއް ނުވެ އެވެ. ނަމަވެސް ގުންދުޣާން މިވަނީ ސްޕެނިޝް ލަލީގާ ތަޖުރިބާކޮށްލުމަށް ކުރިއަށް އޮތް ދެ އަހަރަށް ބަސެލޯނާއަށް ކުޅުމަށް އެއްބަސްވެފަ އެވެ.

"މި ކްލަބުން އަހަރެންގެ ހުރިހާ ހުވަފެނެއް ހާސިލްވެއްޖެ. އަހަރެން އަބަދުވެސް މި ފުރުސަތަށް ޝުކުރުވެރިވާނަން. އަހަރެންގެ ހިތުގައި މި ކްލަބް އަބަދުވެސް އޮންނާނެ. ނުލަށް ބަދަލުވުމާއެކު އަބަދުވެސް ނޫ ވާނެ،" މިދިޔަ ހޯމަ ދުވަހު ގުންދުޣާން ބުނެފައިވެ އެވެ.

ޔޫރަޕްގެ އެންމެ ކާމިޔާބު އެއް ކްލަބަށް މިވަގުތު މާލީ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާއިރު ގުންދުޣާން އެ ކްލަބަށް ގެންގޮސްފައިވަނީ އޭނާ އެހެން ކްލަބަކަށް ގެންދެވޭނެ އަގެއް ކަމަށް 400 މިލިއަން ޔޫރޯ ކަނޑައެޅުމަށްފަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345