މެސީ

އެދެނީ މެސީ ބާސާގައި ދެމިހުންނަށް: ގާޑިއޯލާ

100%
0%
0%

އޭނާ އެދެނީ ބާސާލޯނާގައި ކެޕްޓަން ލިއޮނަލް މެސީ ދެމިހުންނަން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގަޑިއޯލާ ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން މީޑިއާތަކުން ވަނީ މެސީއާ ގުޅުވައި ޓްރާންސްފާގެ ޚަބަރުތައް ފަތުރާފާ އެވެ. އޭނާ އާ އެންމެ ބޮޑަށް ގުޅުވަނީ ބާސާގައި މެސީއަށް ކޯޗް ކޮށްދިން ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އާއެވެ. މެސީގެ ޓްރާންސްފާގެ ވާހަކަތަކުގެ އަޑުގަދަ ވެގެން މިއުޅެނީ، މިދިޔަ ހަފުތާގައި ބާސާގެ ސްޕޯޓިން ޑައިރެކްޓާ އެރިކް އަބިޑާލް ދިން އިންޓަވިއުއަކަށް މެސީ ފާޅުގައި ރައްދު ދިނުމުންނެވެ. މީޑިއާ ތަކުން ޚަބަރު ފަތުރާފައި ވަނީ ކުލަބާ މެދު މެސީގެ ހިތްހަމަނުޖެހުންތައް ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މެސީ އާ މެން ސިޓީ އާ ގުޅުވައި ކުރިން ވެސް ވާހަކަ ފެތުރުނެވެ. އެހެންނަމަވެސް އޭރުވެސް ގާޑިއޯލާ ބުނީ މެސީ ގެންނަން މެންޗެސްޓާ ސިޓީން މަސައްކަތް ނުކުރާ ކަމަށެވެ.

މާދަމާ ވެސްޓްހަމް އާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގެ ކުރިން، ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އޭނާ އެދެނީ މެސީ ބާސާގައި ދެމިހުންނަން ކަމަށެވެ.

"އޭނާއަކީ ބާސެލޯނާގެ ކުޅުންތެރިޔެއް، އޭނާ އެ ޓީމުގައި ދެމިހުންނާނެ،" ގާޑިއޯލާ ވާހަކަ ދެއްކި އެވެ. "އެއީ އަހަރެންގެ އެދުމަކީ، އެހެން ޓީމެއްގެ ކުޅުންތެރިޔަކާ ބެހޭގޮތުން ވާހަކަ ދައްކަން އަހަރެމެން ބޭނުމެއް ނުވޭ، އޭނާގެ ކެރިއާ ނިންމާލާނީ އެތާންގައި [ބާސާގައި] ހުރެގެން އެއީ އަހަރެންގެ އެދުމަކީ."

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަސަނުގ

ހެހެ. އެހެން ތާކު ނުކުޅެވޭނެ ހެން ހީވަނީ ދޯ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345