ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތަހުގީގު ނިންމުމަށްފަހު އޭނާގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި ނާޒިމުގެ މައްސަލަ މިއަދު ޕީޖީ އޮފީހަށް ފޮނުވީ އިއްޔޭ ރޭ ފުލުހުސް އޮފީހަށް ހާޒިރުކޮށް އެންމެ ފަހުގެ ބަޔާން ނެގުމަށްފަހު ބަލަން ޖެހޭ ހުރިހާ ކަމެއް ނިންމާލުމަށްފަހު އެވެ.
މައްސަލަ ޕީޖީއަށް ފޮނުވި ނަމަވެސް މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާއިން އެއްވެސް ޖަވާބެއް ކޮމެންޓެއް ނުކުރި އެވެ.
ނާޒިމަށް ތުހުމަތުކޮށް ފުލުހުން ބަލަމުން އަންނަނީ އޭނާގެ ގެއިން ހަތިޔާރު ފެނުނު މައްސަލަ އެކެވެ. އެގޮތުން ފިސްތޯލަކާއި ގޮވާ ޒާތުގެ އެއްޗެއް އެގެއިން ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައިގައި ނާޒިމަށް އެކަށީގެންވާ ގޮތަކަށް ޖަވާބު ދެވިފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ނާޒިމް އާއި އޭނާގެ އަންހެނުންގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ. ނަމަވެސް ނާޒިމްގެ ވަކީލުން ބުނެފައި ވަނީ އެ ގެއިން ފެނުނު ތަކެއްޗާ އޭނާއާ ގުޅުމެއް ނެތް ކަމަށެވެ. އެ މައްސަލަޔާ ގުޅިގެން ރައީސް ވަނީ ނާޒިމް މަގާމުން ވަކި ކުރައްވައި، ކުރީގެ ޗީފް އޮފް ޑިފެންސްފޯސްގެ މަގާމު ފުރުއްވި މޫސާ އަލީ ޖަލީލު އެ މަގާމަށް ހަމަޖައްސައިފަ އެވެ. ނާޒިމްގެ ދިރިއުޅުއްވި އެޕާޓްމަންޓަށް ފުލުހުން ވަނީ މިދިއަ މަހުގެ 17 ވަނަ ދުވަހުގެ ރޭގައެވެ.