ޕްރޮމޯޝަން

ފުށް މޮޑޭކަށް ނުޖެހޭ، މި ރޮށި ދަމާކަށް ނުޖެހޭ!

Jun 1, 2016
10
  • މިއީ ތައްޔާރީ ރޮށްޓެއް
  • ރޯދަ މަހަށް ހާއްސަ
  • އަގުވެސް އެހާމެ ހެޔޮ

ރޯދަ ވީއްލާ ގަޑިއަށް ރޮށި ހުރުމަކީ މަޖުބޫރު މާއްދާއެކެވެ. އެކަމަކު އަންހެންވެރިންގެ ޝަކުވާއަކީ ރޮށި ދަމަން ޖެހުމެވެ. ރޯދަ މަހު މިއީ ފަސޭ ހަކަމެއް ނޫނެވެ. އެކަމަށް ހައްލު މި ގެނެސްދިނީ ޕިރަމިޑުންނެވެ. ޕިރަމިޑުން ގެނެސްދީފައިވާ "ޓޯޓިލާސް" ރޮއްޓަކީ ތައްޔާރީ މީރު ރޮއްޓެކެވެ.

"މި ރޮއްޓަކީ ރޯދަމަހަށް ހާއްސަކޮށް ގެނެސްދިން ވަރަށް ހާއްސަ ބާވަތެއް. މި ރޮށި ތާޒާކޮށް ކައިލަން ޖެހޭނީ ހަމައެކަނި ހޫނު ކޮށްލަން."

ސްޕެއިންގެ މީރު "ޓޯޓިލާސް" ރޮއްޓަކީ ފިނި ކުރަން ނުޖެހޭ އާންމު ގޮތެއްގައި ކަބަޑުގައި ބެހެއްޓިއަސް އެއްވެސް މައްސަލައެއް ދިމާނުވާގޮތަށް ތައްޔާރުކޮށްފައިވާ ރޮއްޓެކެވެ. މި ރޮށި އުފައްދާފައިވަނީ އާއްމުކޮށް ހުންނަ ރޮށިލާތަށި ތަކަށް ފިޓްވާނެހެން ބަލައިގެންނެވެ. މީގެ ވަށަމިނުގައި ހަ އިންޗި އާއި 10 އިންޗީގެ ރޮށި ވެސް ވިއްކަ އެވެ.

ތައްޔާރީ މިރޮށީގެ މޮޅުކަން

  • - އެތެރެއަށް އެކި ބާވަތުގެ ފިލިންގް އަޅާގެން އޮޅާލާގެން ބޭނުންކުރެވިދާނެ
  • - ޕާޓީތަކާއި ޙަފްލާތަކުގައި ރަހަމީރު އަދި ތައްޔާރުކޮށްލަން އަވަސް އައިޓަމެއްގޮތުގައި
  • - ޓޯޓިލާސް ޕެކެޓް ކެނޑުމަށްފަހު ބަހައްޓަންޖެހޭނީ އައިސް އަލަމާރީގައި
  • - ގިނަވެގެން 7 ދުވަސް ތެރޭގައި ބޭނުންކުރަންޖެހޭ
  • - ޓޯޓިލާސް ހޫނުކޮށްލުމުން ތާޒާވެފަ ރަހަމީރުވޭ.

ޕިރަމިޑުން ބުނީ މި އުފެއްދުމަކީ ރޯދަ މަހުގެ ސުފުރާމަތި ފަޅު ފިލުވާލާނީ އެންމެނަށް ފަސޭހަ އެއް ބާވަތް ކަމަށެވެ.

"...މީރު އަދި އެހާމެ އަގު ހެޔޮވުމުން. މިޕްރޮޑަކްޓްއަކީ ރޯދަ މަހަށް ހާއްސަކޮށް ޕިރަމިޑުން ތައާރަފުކުރި އާންމުންގެ ވަރަށް ތަރުހީބު ލިބެމުންދާ ޕްރޮޑަކްޓް އެކެވެ،" ޕިރަމިޑުން ބުނެފައިވެ އެވެ.