ޕްރޮމޯޝަން

ބީއެޗްއެމްއިން ދުނިޔޭގެ ކިރުގެ ދުވަސް ފާހަގަ ކޮށްފި

Jun 1, 2016

ބީއެޗްއެމް ޓްރޭޑާސް އިން "ވޯލްޑް މިލްކް ޑޭ" ފާހަގަ ކުރުމަށް ކެންގަރޫ ކިޑްގައި ހާއްސަ ހަރަޔާތްތަކެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

"ވޯލްޑް މިލްކް ޑޭއަކީ 1، ޖޫން" އެވެ. އދ. ގެ ކާނާ އާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ (އެފްއޭއޯ) އިން އިންތިޒާމުކޮށްގެން 2001 ވަނަ އަހަރުން ފެށިގެން ބާއްވާ "ވޯލްޑް މިލްކް ޑޭ" ރާއްޖޭގައި ފާހަގަ ކުރުމަށް ބީއެޗްއެމް ޓްރޭޑާސް އިން ހިންގާ ހަރަކާތް އިންތިޒާމު ކުރަނީ ބްލަކް ޕްރައިވެޓް ލިމިޑެޑުންނެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ ކިރުގެ ބާވަތްތަކުން ކަށިގަނޑަށް ކުރާ ފައިދާ ތަކަށް އާއްމުން ހޭލުންތެރިކުރުވުމެވެ.

"މޯލްޑިވްސް މެރީން އެކްސްޕޯ" އިންތިޒާމުކުރާ ބްލަކުން ބުނި ގޮތުގައި ބިލަބޮންގް ކެންގަރޫ ކިޑްސްގެ ޕްރީ-ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތައް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

ބީއެޗްއެމް ޓްރޭޑާސްއަކީ ރާއްޖެއަށް ކޯސްޓް ކިރު އެތެރެކޮށް ވިއްކުން ގެންދާ ކުންފުންޏެވެ. މި ކުންފުނިން ވޯލްޑް މިލްކް ޑޭ ފާހަގަ ކުރުމަށް ހުކުރު ދުވަހު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތުގައި ކުޑަކުދިން މުނިފޫހި ފިލުވުމަށް ހާއްސަ ގިނަ ހަރަކާތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.