ޕްރޮމޯޝަން

ބީއެޗްއެމްއިން ކިޑީ ދައްތައާއެކު ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

Jun 1, 2016
  • ކުޑަކުދިންގެ ހަވީރު އޮތީ ބަގީޗާގައި
  • ހަވީރު އޮންނަނީ ހުކުރު ދުވަހު

"ވޯލްޑް މިލްކް ޑޭ" ފާހަގަ ކުރަން ބީއެޗްއެމް އިން ހުކުރު ދުވަހު ކުޑަކުދިންގެ ހަވީރެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

ރާއްޖެއަށް ކިރުގެ ގިނަ ބާވަތްތަކެއް އެތެރެ ވިއްކަމުން ގެންދާ ބީއެޗްއެމް ޓްރޭޑާސް އިން ހުކުރު ދުވަހުގެ ހަވީރު ކުޑަކުދިންގެ ބަގީޗާގައި ބާއްވާ ކުޑަކުދިންގެ ހަވީރުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ ނުވަތަ ކުޑަކުދިންގެ ބަހުންނަމަ "ކިޑީ ދައްތަ" ބައިވެރިވާނެ އެވެ.

މި އިވެންޓް އިންތިޒާމުކުރާ ބްލަކް ޕްރައިވެޓް ލިމިޑެޑުން ބުނި ގޮތުގައި ހުކުރު ދުވަހުގެ ހަވީރު ހަތަރަކުން ހައެއް ޖެހުމާ ހަމައަށް ކުރިއަށް ގެންދާ މި ކުޑަކުދިންގެ "ހަވީރު" ގައި ގިނަ ހަރަކާތް ތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެއަށް ކޯސްޓް ކިރާއި ޑަޗްލޭޑީ ކިރުގެ ބާވަތްތައް އެތެރެކޮށް ވިއްކުންދާ ބީއެޗްއެމް އިން ބާއްވާ މި ހަރަކާތުގައި ވީހާ ވެސް ގިނަ ކުޑަކުދިން ބައިވެރިވުމަށް އެ ކުންފުނިން އެދެ އެވެ.

"ވޯލްޑް މިލްކް ޑޭ" އަކީ ކޮންމެ އަހަރެއްގެ ވެސް 1، ޖޫން އެވެ. މި ދުވަސް ދުނިޔޭގައި ފާހަގަ ކުރަމުން ގެންދަނީ 2001 ވަނަ އަހަރުން ފެށިގެންނެވެ.