ހަބަރު

އައްޑޫގައި އިމާރަތް ކުރާ ފްލެޓުތަކަށް ކުރިމަތި ލާން ފުރުސަތު ހުޅުވާލައިފި

ސަރުކާރުން އައްޑޫ ސިޓީގައި އިމާރާތް ކުރަން ނިންމާފައިވާ ފްލެޓަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން އައްޑޫސިޓީ ހިތަދޫގައި އިމާރާތްކުރެވޭ 264 ފްލެޓުގެ ތެރެއިން، ހިތަދޫ، މަރަދޫ އަދި މަރަދޫފޭދޫގެ އިތުރުން ފޭދޫގެ ރައްޔިތުންނަށް ހާއްސަކުރެވިގެން އެޅޭ 230 ފްލެޓަށް ކުރިމަތި ލުމަށް ފުރުސަތު ހުޅުވާލައި ކަމަށެވެ. މީގެ އިތުރުން ހުޅުދޫއާއި މީދޫގައި އިމާރަތް ކުރާ 48 ފްލެޓްގެ ތެރެއިން، 38 ފްލެޓަށް ކުރިމަތިލާން ވެސް ހައުސިން އިން ވަނީ އިއުލާން ކޮށްފައެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ފްލެޓަށް އެދޭ ފޯމު އަންނަ ހަފްތާ އާދީއްތަ ދުވަހު އެ މިނިސްޓްރީ އިންނާއި ލޭންޑްބިލްޑިން އެންޑް މުނިސިޕަލްސާވިސަސް ޑިޕާޓްމަންޓް، ފޭދޫ ސެކްޝަނުން އިން ލިބެން ހުންނާނެ ކަމަށާއި އެފްލެޓަށް އެދޭ ފޯމް 10 ޖުލައިގެ ނިޔަލަށް ބަލައިގަންނާނެ ކަމަށެވެ.