ޕްރޮމޯޝަން

ދިރާގު 4ޖީގެ ހިދުމަތް ފުޅާކޮށްފި، މިފަހަރު އިތުރު ތިން ރަށަކަށް

Jun 2, 2016

ދިރާގު 4 ޖީގެ ހިދުމަތް ކުޑަހުވަދު އާއި ލ. ތުނޑި، މަތިމަރަދޫ އަށް ދީފި އެވެ.

ދިރާގުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ "ބްރޯޑްބޭންޑް އިންޓަނެޓް" މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން ދިރާގު ގެ ފޯޖީ އެލްޓީއީގެ ހިދުމަތް އަނެއްކާ ވެސް އިތުރު ތިން ސަރަހައްދަކަށް ދީފަ އެވެ.

ލ.ގަމު ތުނޑި އަދި މަތި މަރަދޫގައި 4 ޖީ ތައާރަފް ކުރުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ދިރާގުގެ ލާމު އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު އަހުމަދު އަލީ އެވެ. އަދި ދ. ކުދަހުވަދޫގައި 4ޖީ އިފްތިތާހު ކުރުމުގައި ބައިވެރިވެ ވަޑައިގަތީ ދިރާގުގެ އަރި އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު ހަސަން ޝަކީބެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލު ވިދާޅުވީ މިތިން ސަރަހައްދަށް 4ޖީ-އެލްޓީއީގެ ޚިދުމަތް ފޯރުކޮށްދެވުމަކީ ދިރާގަށް ލިބިގެން ދިޔަ ނުހަނު ބޮޑު އުފަލެއްކަމަށާއި، ދިރާގުގެ 4ޖީ އެލްޓީއީ ނެޓްވޯކް ދުވަހެއް ދުވަހަށް ފުޅާވެ ކަސްޓަމަރުންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ދިރާގުން އެންމެ އިސްކަމެއް ދޭ ކަމަށެވެ.