ހަބަރު

ފެނަކައިގެ މުވައްޒަފުންނަށް ގިނަ އިނާޔަތްތަކެއް ލިބޭ ތިން ސްކީމެއްގައި ބައިވެރިކޮށްފި

Jun 3, 2016
23
  • މުވައްޒަފުންނަށް ފަސޭހައިން ގެދޮރު ލޯނު ލިބޭ
  • ސައިކަލް ފަދަ ތަކެތި ނެގޭ ސްކީމެއް
  • އަޔާދީ ތަކާފުލްގައި ބައިވެރިކޮށްފައިވޭ

ގިނަ އިނާޔަތްތައް ލިބޭ ތިން ސްކީމެއްގައި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ބައިވެރިކޮށްފި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ބައިވެރިކޮށްފައިވާ ތިން ސްކީމަކީ މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އިން ދޭ ދަރަންޏަށް މުދާ ނެގޭ ސްކީމާއި ހެލްތް އިންޝްއަރެންސް މުވައްޒަފުންނަށް ދިނުމަށް އެލައިޑް އިންޝުއަރެންސުގެ އަޔާދީ ތަކާފުލް އަދި ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ފެ ފަރާތުން ދޫކުރާ ފައިނޭންސް ހައުސިން ލޯނުގެ ސްކީމް އެވެ.

ފެނަކައިގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ދަރުބާރުގޭގައި ރޭ ބޭއްވި މާހެފުމެއްގައި މި ސްކީމްތަކުގައި މުވައްޒަފުން ބައިވެރިކުރުމުގެ ގޮތުން މި ތިން ކުންފުންޏާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ.

ފެނަކައިގެ މުވައްޒަފުން ބައިވެރިކުރި މި ތިން ސްކީމުގެ ތެރެއިން އެމްއެފްއެލްސީ ސްކީމް މެދުވެރިކޮށް ސައިކަލާއި މިފަދަ ތަކެތި ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ނެގޭނެ އެވެ. އަދި އެޗްޑީއެފްސީގެ ހައުސިން ސްކީމުގެ ދަށުން އަގުހެޔޮކޮށް ހާއްސަ އަގެއްގައި ގެދޮރު އިމާރާތް ކުރުމަށް ލޯނު ލިބޭނެ އެވެ. އަދި އެލައިޑްގެ އިސްލާމިކް ވިންގް "އަޔާދީ ތަކާފުލް" ގެ ދަށުން އިސްލާމީ ޝަރިއްޔާ ހުއްދަ ކުރާ އުސޫލުގެ ދަށުން ކުންފުނީގެ މުވައްޒަފުންނަށް ހެލްތް އިންޝްއަރެންސް ލިބޭނެ އެވެ.