ފެނަކަ ކޯޕްރޭޝަން

އައްޑޫގެ ފެނުގެ ނިޒާމު އޮގަސްޓްގެ ނިޔަލަށް ނިމޭނެ: ފެނަކަ

Jun 4, 2016

މުޅި އައްޑޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ދޮޅު މަސް ދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުންނަށް ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތައް ފަހު "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ އައްޑޫގެ ގިނަ ރަށްރަށުގައި ފެނުގެ ނިޒާމު އެޅުމަށް އެ ކުންފުނިން ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ ބޮޑުބައެއް ނިންމިފައިވާ ކަމަށެވެ.

"ވަރަށް ބާރު ސްޕީޑުގައި ކުރިއަށް އެބަ ގެންދަން. ގިނަ ރަށްރަށުގައި 98 ނޫނީ 90 ޕަސެންޓް މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފައި،" ނިމާލް ވިދާޅުވި އެވެ.

ފެނުގެ ނިޒާމު އަޅާ ރައްތައް:

  • ފޭދޫގެ 98 ޕަސެންޓް މަސައްކަތް ނިމިފައި
  • މަރަދޫ، ފޭދޫގައި 85 ޕަސެންޓް ނިމިފައި
  • ހިތަދޫ ސެންޓްރަލް އޭރިއާ ނިމިފައި
  • އުތުރާއި ދެކުނުގެ މަސައްކަތް ވެސް ގާތްގަނޑަކަށް ނިމިފައި
  • ހުޅުދޫގެ މަސައްކަތް ނިމި ފެނުގެ ނިޒާމު ކޮމިޝަން ކުރަނީ
  • މީދޫގެ 65 ޕަސެންޓް ނިމިފައި

އެމްޑީ ނިމާލް ވިދާޅުވީ މުޅި މަޝްރޫއުގެ މަސައްކަތް ނިމި އޮގަސްޓް މަހު މުޅި އައްޑޫއަށް ފެނުގެ ހިދުމަތް ދޭން ފެށޭނެ ކަމަށެވެ. ފެނަކަ ކޯޕަރޭޝަނުން ދަނީ އައްޑޫގެ އިތުރު ވެސް ރާއްޖޭގެ ގިނަ ރަށްރަށެއްގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައްރަށުގެ އިންޖީނުގެ ތަކަށް ބޮޑެތި ބަދަލު ގެނައުމުގެ މަސައްކަތް ހިމެނެ އެވެ.