ދުނިޔެ

ބޮކްސިންގެ ރަސްގެފާނު މުހައްމަދު އަލީ މަރުވެއްޖެ

Jun 4, 2016
1

ބޮކްސިންގެ ރަަސްގެފާނު މުހައްމަދު އަލީ 74 އަހަރުގައި މަރުވެއްޖެ އެވެ.

ބޮކްސިންގެ ހެވީވެއިޓް ޗެމްޕިއަންޝިޕް ތިން ފަހަރަށް ކާމިޔާބުކޮށްފައިވާ މުހައްމަދު އަލީ މަރުވެފައި ފުއްޕާމެއަށް ދިމާވީ މައްސަލައަކަށް ފަރުވާދެނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. މީގެ ދެ ދުވަސް ކުރިން އޭނާގެ ހާލު ވަރަށް ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ

ޖެނުއަރީ 17، 1942 ގައި އުފަންވި ކެސިއަސް ކްލޭ ނުވަތަ މުހައްމަދު އަލީ ބޮކްސިންގެ ދާއިރާއަށް ނިކުމެފައިވަނީ އުމުރުން އެންމެ 12 އަހަރުގަ އެވެ. ނަސްލީ އިމްތިޔާޒާއި ދެކޮޅަށް މުޅި އެމެރިކާގައި އުފެދުނު ވަރުގަދަ ހަނގުރާމައިގައި އިސް ދައުރެއް އަދާކުރި އަލީ ވަނީ އޭނާ ވާދަކުރި 108 އެމެޗުއާ މެޗުގެ ތެރެއިން 100 މެޗު ކާމިޔާބު ކޮށްފަ އެވެ. އަދި، 1960 ވަނަ އަހަރު އިޓަލީގެ ވެރިރަށް ރޯމްގައި ބޭއްވި ސަމާ އޮލިމްޕިކްސްގައި އޭނާ ވަނީ އެމެރިކާ އަށް ރަން މެޑަލް ހޯދައިދީފަ އެވެ.

އަލީ ބޮކްސިންގ އިން ރިޓަޔަރ ކޮށްފައިވަނީ 1981 ވަނަ އަހަރެވެ

އެމެރިކާގައި ކަޅު ނަސްލުގެ މީހުންގެ ހައްގުތައް ހޯދުމަށް ކުރި މަސައްކަތުގައި އަލީ ހަރަކާތްތެރިވި އިރު، އަލީ އާއި މެލްކަމް އެކްސް ބައްދަލުވުމަށްފަހު، އޭނާ ވަނީ އިސްލާމްވެފަ އެވެ. އަދި، 1967 ވަނަ އަހަރު އެމެރިކާއިން ވިއެޓްނާމްގައި ހިންގި ހަނގުރާމާއިގައި ބައިވެރިވުމަށް އޭނާ ވަނީ ދެކޮޅު ހަދާފަ އެވެ. މިކަންކަމުގެ ސަބަބުންނާއި އޭނާގެ ކެރިއަރުގެ ސަބަބުން އެމެރިކާ އާއި ދުނިޔޭގެ ސަމާލުކަމަށް އިސްލާމް ދީނާއި ނަސްލީ އިމްތިޔާޒަށް ހުއްޓުނެވެ.

ވިއެޓްނާމް ހަނގުރާމައިގައި ބައިވެރިވުމަށް އަލީ ދެކޮޅު ހެދުމާއި ގުޅިގެން، 1967 ވަނަ އަހަރު ލިބުނު ހެވީ ވެއިޓް ޓައިޓްލް ނަގާފައިވެ އެވެ. އަދި، 10000 ޑޮލަރުން ޖޫރިމަނާކޮށް، ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެ އެވެ. މިހުކުމް އެމެރިކާގެ ސުޕްރީމް ކޯޓުން 1971 ވަަނަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ.