ދުނިޔެ

އިންޑޮނޭޝިއާ އަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް

އިންޑޮނޭޝިއާ އަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ އެވެ. މި ބިން ހެލުން އައިސްފައިވަނީ ސައުތު ބުރޫ ރެޖެންސީ ޕްރޮވިންސްގެ ކައިރީގައި އޮންނަ ބަންޑާ ސީ ސަރަހައްދަށެވެ.

މި ބިންހެލުން އައީ އިންޑޮނޭޝިއާ ގަޑިން މެންދަމު 01:25 ހާއިރު ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ބިންހެލުން އައީ 445 ކިލޯ މީޓަރު އަޑިންނެވެ. މިހާތަނަށް އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުންވި ކަމަށް ރިޕޯޓުކޮށްފައެެއް ނުވެ އެވެ. މިބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއްވެސް ދީފައެއް ނުވެ އެވެ.

އިންޑޮނޭޝިއާ އަށް އެންމެ ބާރުގަދަ ބިންހެލުމެއް އައިސްފައިވަނީ 2004 ވަނަ އަހަރު އެވެ. އެފަހަރު އައީ 9.1 މެގްނިޓިއުޑްގެ ބިން ހެލުމެކެވެ. އެ ބިން ހެލުމުގައި 227،898 މީހުން އެ ގައުމުން މަރުވި އެވެ.