ބިދޭސީން

65 އަހަރުން މަތީ ބިދޭސީންނަށް ޕެންޝަން ފައިސާ ދޫކުރަން ނިންމައިފި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒިފުންނަށް ދޭ ޕެންޝަން ފައިސާ އުމުރުން 65 އަހަރުވުމުން ދޭން ޕެންޝަން އޮފީހުން ނިންމައިފި އެވެ.

އެ އޮފީހުން މިހެން ނިންމި އިރު ކުރިން އަމަލު ކުރާ ގަވައިދުގެ ދަށުން ބިދޭސީ މުވައްޒަފަކު، ޕެންޝަނަށްބަލާ އުމުރު ހަމަވުމުގެ ކުރިން ދާއިމަށް ރާއްޖެ ދޫކޮށް ފުރަން ނިންމައިފި ކަމަށްވާނަމަ، އެބިދޭސީ މުވައްޒަފެއްގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާކުރެވިފައިވާ ފައިސާ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ދެއެވެ.

އެހެން ނަމަވެސް ޕެންޝަން އޮފީހުން ބުނީ މިދިޔަ އަހަރުން ފެށިގެން ބިދޭސީ ޕެންޝަން ސްކީމްގައި ބައިވެރިވާ ފަރާތްތަކާއި މިމަހުން ފެށިގެން އެސްކީމަށް ކޮންޓްރިބިއުޝަން ފައިސާ ދައްކާ ބިދޭސީ މުވައްޒަފުންނަށް، ރިޓަޔާމަންޓް ސޭވިން އެކައުންޓުގައިވާ ފައިސާ ދޫކުރެވޭނީ އުމުރުން 65 އަހަރުވުމުން ކަމަށެވެ. އަދި އެގޮތަށް ފައިސާ ދޫކުރާ އިރު އެ ފައިސާ އެކީ އެމީހަކަށް ލިބޭނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

ޕެންޝަން އޮފީހުން 2014 އިން ފެށިގެން ހެދި ގަވައިދުގެ ދަށުން ބިދޭސީ މުވައްޒިފުންނަށް ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުން ވަނީ އިހުތިޔާރީ ކަމަކަށްވެފައެވެ.