މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ޅ. ނައިފަރުގެ ދެ ޕްރީސްކޫލަށާއި ޅ. އޮޅުވެލިފުށި ޕްރީސްކޫލަށް ބޭނުންވާ ފަރުނީޗަރާއި ކުޅޭ ސާމާނު ހަދިޔާކުރައްވައިފި އެވެ.
ޝިޔާމްގެ މަންމާފުޅުގެ ނަމުގައި އުފައްދާފައިވާ ފާތިމަތު ޙަސަންފުޅު ފައުންޑޭޝަންގެ ނަމުގައި ހަދިޔާކުރި ތަކެތި ސްކޫލްތަކާއި ހަވާލު ކުރީ އޮތީ ވަކިވަކިން ކުރިޔަށްދިޔަ ރަސްމިއްޔާތުތަކެއްގައި ރަށް ރަށުގެ ކައުންސިލް މެމްބަރުންނާއި ބެލެނިވެރިންގެ ހާޒިރުގައެވެ.