ހަބަރު

އިކްރާމްގެ ދަރަނީގެ މައްސަލައެއްގެ ފައިލް ސުޕްރީމް ކޯޓަށް ނަގައިފި

Feb 11, 2015

ޖޭއެސްސީގެ މެންބަރު ލަތީފާ ގާސިމްގެ ފިރިކަލުންގެ މުހައްމަދު އިކްރާމް އަބްދުއްލަތީފުގެ ދަރަނި އަދާނުކޮށްގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ ފައިލް ސުޕްރީމް ކޯޓުން ގެންގޮސްފި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ސިވިލް ކޯޓުން އިކްރާމްގެ މައްޗަށް އިއްވި ހުކުމްގައި ވަނީ މ. ނަތީޖާ ގޯތި އިމަރާތްކުރުމަށް 18 އަހަރު ދުވަހުގެ މުއްދަތަށް އިކްރާމަށް ދީފައި ވަނިކޮށް، އެއްބަސްވުމާ ޚިލާފަށް ގޯތީގައި އިމާރާތްކޮށްފައި ވާތީ އާއި އަދި ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާފައިނުވާ ކަމަށާއި ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެ އެއްބަސްވުމާ އިކްރާމް ޚިލާފުވެފައިވާތީ އެ އެއްބަސްވުން ބާތިލްކޮށް، އެއްބަސްވުމުގައިވާ ގޮތުން މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހާ ހަމައަށް 922،400 ރުފިޔާ އިކްރާމް މ. ނަތީޖާ އަޝްރާ އަލީ އާއި ޝިރުމީނާ އަލީ އަށް ދޭން ޖެހޭ ކަމަށެވެ.  

އިކްރާމަކީ ވީމީޑިއާގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕޮލިޓިކަލް އެފެއާޒުގެ މަގާމުގައި ހުންނެވި މަޝްހޫރު ބޭފުޅެކެވެ.