ހަބަރު

އެސްޓީއޯގެ "ޗޮކްލެޓް ވީކް" ޕްރޮމޯޝަން ފަށައިފި

Feb 11, 2015

މިއަހަރުވެސް އެސްޓީއޯގެ "ޗޮކްލެޓް ވީކް" ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ޗޮކްލެޓްގެ ތަފާތު ބްރޭންޑްތަކުން ހާއްސަ ޑިސްކައުންޓްތަކެއް ދެ އެވެ.

މީގެ އިތުރުން އެ މުއްދަތުގައި 100ރ. އަށްވުރެ އިތުރަށް ޗޮކްލެޓްގެ ވިޔާފަރި ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް އިނާމުތަކަކާއެކު ލަކީޑްރޯއެއް ކުރިޔަށްދާނެއެވެ. ލަކީޑްރޯގައި ހަތަރު ފަރާތަކަށް ގިފްޓް ޕެކް ދޭ އިރު އެސްޓީއޯ ސުޕަމާޓް އިން ވިޔަފާރި ކުރާ ފަރާތްތަކަށް ނަސީބު ވަޒަންކޮށް ހިލޭ އިނާމު ލިބުމުގެ ފުރުސަތު  ހުޅުވާލާފައި ވެއެވެ.  

އަދި ޗޮކުލެޓްގެ ރަހަ ބަލަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ދުވަހަކުވެސް ހަވީރު އެ ފުރުސަތު ދެއެވެ.