ދުނިޔެ

ކަޝްމީރު ވެސް އޮންނަން ޖެހޭނީ އަހަރެމެންގެ ބާރުގެ ދަށުގައި: އައިއެސް

Jun 11, 2016
1

އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނުން އެތަނެއްގެ މިލްކުވެރިކަމާމެދު ދައުވާ ކުރަމުން އަންނަ ކަޝްމީރު އޮންނަން ޖެހޭނީ "އިސްލާމިކް ސްޓޭޓް" ގެ ބާރުގެ ދަށުގައި ކަމަށް ޓެރަރިސްޓް ޖަމާޢަތް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ބުނެފިއެވެ.

އިންޑިއާގައި އުޅޭ އައިއެސްއާ ބައެއް މެންބަރުން އެކި ގައުމުތަކުގެ މީހުންނަށް ފޮނުވި މެސެޖްތަކެއްގައި ބުނެފައި ވަނީ ކަޝްމީރަށް މިހާރު އަތްގަދަ ކޮށްގެން އުޅޭ، ޕާކިސްތާންގެ ޖީހާދީ ގުރޫޕް، ލަޝްކަރީ ތޮއިބާ އާއި އިންޑިއާ އާއި ޕާކިސްތާންގެ އަސްކަރީ ބާރުގެ ދަށުން ކަޝްމީރު "މިނިވަންކޮށް" އައިއެސްގެ ބާރުގެ ދަށަށް އަންނަން ޖެހޭ ކަމަށެވެ.

"ޓައިމްސް އޮފް އިންޑިއާ" އިން ބުނަނީ އައިއެސްއަށް ވާގިވެރިވާ ކަޝްމީރުގެ ހަނގުރާމަވެރިޔާ، މުޙައްމަދު ސިރާޖުއްދީން، ޔުނައިޓަޑް އަރަބި އެމިރޭޓްސްގެ އައިއެސްގެ ލީޑަރު، ޖުންދުﷲ މިނާ އަށް ފޮނުވާފައިވާ މެސެޖްތަކުގައި ވަނީ އައިއެސްއިން ކަޝްމީރު ހިފާނެ ކަމަށް ބުނެ ވާހަކަ ދައްކާފައި ކަމަށެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ވަނީ މިދިޔަ އަހަރުގެ ފަހު ކޮޅު ސިރާޖުއްދީން ހައްޔަރުކޮށްފަ އެވެ. އައިއެސްގެ ފައިސާގެ ނަމުގައި އޭނާ ވަނީ މިދިޔަ އަހަރު ވަނީ ކަޝްމީރުގައި ބޭނުން ކުރުމަށް ހާއްސަ ނޫޓެއް ވެސް ތާރަފްކޮށްފަ އެވެ. އޭނާ ހެދި އެ ނޫޓްގައި ލިޔެފައި ވަނީ "ކަޝްމީރުން އައިއެސްއަށް މަރުހަބާ" ކިޔާކަމަށެވެ.

ސިރާޖުއްދީންގެ މެސެޖްތަކުގައި އިންޑިއާގެ އަސްކަރިއްޔާ ސިފަކޮށްފައި ވަނީ "ކުފުރުގެ ލަޝްކަރެއް" ގެ ގޮތުގަ އެވެ.