ދުނިޔެ

ދެ ކޮރެއާގެ ސުލުހައިގެ ވާހަކަތައް ފަށަން އުތުރު ކޮރެއާއިން ހުށަހަޅައިފި

Jun 11, 2016

ދެ ކޮރެއާގެ ދެމެދުގައި ސުލަހައިގެ ވާހަތައް ފެށުމާމެދު އާ ގަރާރެއް އުތުރު ކޮރެއާއިން ހުށަހަޅައިފިއެވެ.

އުތުރު ކޮރެއާގެ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުނެފައިވަނީ އެ ގަރާރަކީ ދެ ކޮރެއާގެ ދެމުދުގައި ގުޅުން ގާއިމު ކުރުމާއި ދެ ޤައުމުގެ ދެމުދުގައި ހުރި ޅިޔާލު ތަފާތުތުވުންތައް ނައްތާލުމާ ބެހޭގޮތުން އެކުލަވާލި ގަރާރެއް ކަމަށެވެ.

ނަމަވެސް ދެ ކުނު ކޮރެއާއިން ވަނީ އުތުރުން ހުށަހެޅި އެޤަރާރު ބަލައިނުގަންނާނެ ކަމަށްބުނެފައެވެ. އެކަމާ ބެހޭގޮތުން ދެކުނު ކޮރެއާގެ ސަރުކާރުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އދ އާއި ދުނިޔޭގެ އެހެން ޖަމްޢިއްޔާތކުން އުތުރު ކޮރެއާ ހަމަމަގަށް އައުމަށް ގޮވާލާފައިވާއިރު، އުތުރު ކޮރެއާއިން ހަރުކަށިކަން ދައްކާހާ ހިނަދަކު އުތުރު ކޮރެއާއިން ހުށަހަޅާ އެއްވެސް ހުށަހެޅުމަކަށް ދެކުނުން އިޖާބަ ނުދޭނެ ކަމަށެވެ.

އަދި އުތުރުން ހުށަހެޅި ޤަރާރަކީ 'ޖެއްސުމަށް' ހުށަހެޅި ޤަރާރެއް ކަމަށްވެސް ދެކުނުން ވަނީ ބުނެފައެވެ.
މިއަހަރަކީ ޖަޕާނުގެ ކޮލޯނިއަލްގެ ބާރުގެ ދަށުން މިނިވަންވެ ކޮރެއާ ވަކި ޤައުމެއްގެ ގޮތުގައި އުފެދުނުތާ 71 އަހަރުފުރޭ އަހަރެވެ.
އެއަށްފަހު 1950 ވަނަ އަހަރުން 1953 ވަނަ އަހަރާ ހަމަޔަށް ދެ ކޮރެއާގެ ދެމެދުގައި ހިނގި ތިން އަހަރުވީ ހަނގުރާމައަށްފަހު ދެކޮރެއާ ބައިބައިވެ ދެ ގައުމުގެ ގޮތުގައި އުފެދިގެން ދިޔައެވެ.