ބޭރު ކުޅިވަރު

މޮޅުވީ ސްވިޒަލޭންޑް، ފުރަތަމަ ރަތްކާޑު އަލްބޭނިއާ ކެޕްޓަނަށް

Jun 11, 2016

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އަލްބޭނިޔާގެ މައްޗަށް 1-0އިން ސްވިޒަލޭންޑް ކުރި ހޯދައިފި އެވެ.

އާއިލާގޮތުން ވަރަށް ބޮޑަށ ްގުޅިފައިތ ގިނަ ކުޅުންތެރިންތަކެެއް ތިބި މި ދެ ގައުމުގެ މެޗުގެ ހަމައެކަނި ލަނޑު ޖެހީ ފަސް ވަނަ މިނިޓްގައި ފަބިއަން އެެވެ.

މި މެޗުގައި އަލްބޭނިޔާގެ ކެޕްޓަން ލޮރިކް ސާނާ އަށް މެޗުގެ 36 ވަނަ މިނިޓްގައި ދެއްކި ރަތްކާޑަކީ ރޭ ފެށި މުބާރާތުގެ ފުރަތަމަ ރަތްކާޑެވެ. މި މެޗުގައި ދެ ގައުމަށް އެއްބަނޑު އެއްބަފާ ދެބެން ވެސް ކުޅުނެވެ. އެއީ ސްވިޒަލޭންޑަށް ކުޅުނު ގްރެނިތް ޒަކަ އާއި އަލްބޭނިޔާ އަށް ކުޅުނު އޭނާގެ ބޭބެ ޓައުލަންޓް ޒަކާ އެވެ.

ސްވިޒަލޭންޑް މެޗުން މޮޅުވުން އެ ޓީމު އޮތީ ގްރޫޕް އޭގެ ދެ ވަނާގަ އެވެ. އެއްވަނާގައިވަނީ ރޭ ރުމޭނިޔާ އަތުން 2-1އިން މޮޅުވި މުބާރާތް ބާއްވާ ގައުމު ފްރާންސެވެ. ތިން ވަނަ ލިބެނީ އަލްބޭނިޔާ އަށެވެ. ރޫމޭނިޔާ އޮތީ ފުލުގަ އެވެ.