ކުންމިން ފެއާ

ދިވެހި ގިނަ އުފެއްދުންތަކާއެކު ކުންމިން ފެއާ ފަށައިފި

Jun 12, 2016
3

ދިވެހި ގިނަ އުފެއްދުންތަކާއެކު ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ ކުންމިން ފެއާ މިއަދު ފަށައިފި އެވެ.

ޗައިނާގައި މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ސައުތު އޭޝިޔާ އެކްސްޕޯގައި ރާއްޖެއަކީ "ކަންޓްރީ އޮފް އޮނަސް" ގެ ގޮތުގައި ބައިވެރިވާ ގައުމެވެ. މިގޮތުން ރާއްޖެއިން މި ފެއާގައި ބޮޑު ޕެވެލިއަނެއް ވެސް ބަހައްޓާފައިވެ އެވެ.

ކުންމިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ޕެވިލިއަން ހުޅުއްވައި ދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އާއި ޗައިނާގެ ވައިސް ސްޓޭޓް ކައުންސިލް ވެންގް އެވެ. އަދި މި ރަސްމިއްޔާތުގައި އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ރާއްޖޭން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި އަހަރުގެ ކުންމިން ފެއާގައި ރާއްޖޭން 9000 އަށްވުރެ ގިނަ އުފެއްދުންތައް ބައިވެރިކޮށްފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.