އަންންށް ޖޫން މަހު ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސައުތް އެންޑް ސައުތް އީސްޓް އޭޝިޔާ ކޮމޯޑިޓީ އެކްސްޕޯ އެންޑް އިންވެސްޓްމެންޓް ފެއާ 2019" ބައިވެރިވި ވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާތި، ދިވެހި ވިޔަފާރިޔަތުން މި ފެއާގައި ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވައިލައިފި އެވެ.
ޖޫން 12 އިން 18 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިފެއާގައު ދިވެހި އުފެއްދުންތަށް ޑިސްޕްލޭކޮށް ވިއްކުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މިފެއާގެ ސަބަބުން ދިވެހި އުފެއްދުންތަށް ރާއްޖެއިން ބޭރުގައި ވިއްކުމުގައި ދިމާވަމުންދާ ދަތިތަށް ދެނެގަނެވި، އުފެއްދުންތަށް ވާދަވެރި މާކެޓްތަކުގައި ވިއްކުމަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިކޮނިމިކް މިނިސްޓްރީން ބުނީ، މިފެއާގެ ސަަބަބުން ރާއްޖޭގައި އުފައްދާ ފަދަ ތަކެތި އުފައްދާ ފަރާތްތަކާ ގުޅުން ބަދަހިވެ، ދިވެހި އުފެއްދުންތަށް އުފެއްދުމުގައި ޒަމާނީ ވަސީލަތްތަށް ހޯދުމަށްވެސް މަގު ފަހިވެގެން ފދާނެ ކަމަށެވެ. މިފެއާގައު ޗައިނާގެ އުފެއްދުންތަކުގެ އިތުރުން ސައުތު އޭޝިއާ ބައްރުގެ ގިނަ ގައުމުތަކުގެ އުފެއްދުންތަށް ފެނިގެންދާނެ އެވެ.
2017 ވަނަ އަހަރު ޗައިނާގައި ބޭއްވި މިފެއާގައި ދިވެހި އުފެއްދުމެއް ކަމަށްވާ "ކާށިތެޔޮ" ވަނީ ޗައިނާ މީހުން ކޮސްކޮށްލާފަ އެވެ. ރާއްޖެއިން އެއަހަރު ކާށިތެޔޮ ގެންދިޔައީ ކުންފުނީގެ އަމިއްލަ ލޭބަލް ޖަހައި ރަނގަޅު ފެންވަރަކަށް ބަންދު ކޮށްގެންނެވެ. އަދި އެ ކާށިތެޔޮ ފެއާގައި މާކެޓް ކޮށްފައިވަނީ، ބޮލާއި ގައިގައި ލާށް އަދި ކެއްކުމަށް ވެސް ބޭނުން ކުރެވޭނެ ތެލެއްގެ ގޮތުގައި އެވެ.
ފެއާގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަށް ފެއާގައި ބައިވެރިވުމަށް އިކޮނިމިކް މިނިސްޓްރީން ދޫކުރާ ފޯމް ފުރިހަމަކުރުމަށްފަހު އަންނަށް އެޕްރީލް މަހު 11 ވަނަ ދުވަހުގެ މެންދުރު 2:00 ކުރިން ބޮޑިތަކުރުފާނު މަގުގުގައި ހުންނަށް މިނިސްޓްރީގެ އޮފީހަށް ހުށަހަޅަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނީ ފެއާގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކުން ފެއާގެ ހަރަދު ހަމަޖައްސަން ޖެހޭނީ އަމިއްލަ އަށް ކަމަށެވެ. އެކަމަކު ފެއާގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީގެ ފަރާތުން ފޯރު ކޮށްދޭނެ އެވެ.