ދުނިޔެ

ޗައިނާގެ އެއާޕޯޓެއްގައި އެއްޗެއް ގޮއްވާލައި ހަތަރު މީހުން ޒަހަމް ކޮށްލައިފި

ޗައިނާގެ ޝަންހާއީ އިންޓަނޭޝަނަލް އެއާޕޯޓްގައި ގޭގައި ތައްޔާރު ކޮށްފައިވާ ގޮވާޒާތުގެ އެއްޗެއް ގޮއްވާލައި ހަތަރު މީހަކު ޒަހަމްކޮށްލައިފި އެވެ. ހަމަލާދިން މީހާވެސް ވަނީ ޒަހަމްވެފަ އެވެ.

ގޮވާއެތި ލާފައި އޮތް ފުޅި އެއްލާލާފައިވަނީ ޓާމިނަލަކާއި ދިމާލަށް ކަމަށާއި އޭގެ ފަހުގައި އެމީހާވަނީ އަމިއްލަ ކަރަށް ވަޅި ހަރާފައި ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ. މިހާދިސާ ހިނގާފައިވަނީ ޗައިނާ ގަޑިން މިއަދު މެންދުރުފަހު 3:00 ޖަހާކަށްހާ އެހާކަންހާއިރު އެވެ.

މިހާދިސާގައި ޒަހަމްވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭ އިރު އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށްވެ އެވ. ނަމަވެސް ހަމަލާ ދިން މީހާގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދެހާސް ތޭރަ ވަނަ އަހަރުވެސް ބެއިޖިންގެ އެއާޕޯޓުގައި މީހަކުވަނީ ބޮމެއް ގޮއްވާލަން މަސައްކަތް ކޮށްފަ އެވެ. އެމީހާވަނީ ހަ އަހަރު ދުވަހަށް ޖަލަށްލާފަ އެވެ.