ޕްރޮމޯޝަން

އީދު ގައި ދުބާއީއަށް ދާން އިނަ މޯލްޑިވްސްއިން އަގު ހެޔޮ ޕެކޭޖެއް!

Jun 15, 2016
  • ޕެކޭޖުގައި ދެ ރޭގެ ހުރުން، އިތުރު ކުރެވޭ
  • ޕެކޭޖުގެ އަގަކީ ދެ މީހަކު ބޮލަކަށް 499 ޑޮލަރު
  • ހުރުމާއި ދެކޮޅު ޓިކެޓު ހިމެނޭ

އީދު ޗުއްޓީގައި ރާއްޖޭން ބޭރަށް ދަތުރުކޮށްލަން ގިނަ އާއިލާތައް ބޭނުންވެ އެވެ. އެކަމަކު މައްސަލައަކީ އަގު ބޮޑުވުމެވެ. ނަމަވެސް "އިނަ މޯލްޑިވްސް ހޮލިޑޭސް" އިން މި ވަނީ ޖީބަށް އަންނަ މި ބުރަ ލުއިކޮށްދީފަ އެވެ. މި އަހަރުގެ އީދާ ދިމާކޮށް ދުބާއީއަށް ދާން ބޭނުންވާ މީހުންނަށް އަގުހެޔޮ ޕެކޭޖެއް މި ވަނީ ތައާރަފުކޮށްފަ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކާއި ރާއްޖޭގެ ރިސޯޓުތަކަށް ވެސް ޕެކޭޖުތައް ވިއްކަމުން ގެންދާ އިނަ މޯލްޑިވްސް ހޮލިޑޭސް އިން ތައާރަފުކޮށްފައިވާ މި ޕެކޭޖުގެ އަގަކީ 499 ޑޮލަރު (ގާތްގަނޑަކަށް 7،694.59ރ.) އެވެ. މި ޕެކޭޖުގައި ވިސާ ފީއާއި ދެކޮޅު ޓިކެޓު އަދި ރޫމްގެ އަގު ވެސް ހިމަނާފައިވެ އެވެ. މި ޕެކޭޖުގައި ދެ ރޭގެ ހުރުން ދެ މީހަކު ބޮލަކަށް 499 ޑޮލަރަށް މި ޕެކޭޖު ލިބޭނެ އެވެ.

ޕެކޭޖުގެ ހުލާސާ:

  • މާލެ-ދުބާއީ ދެކޮޅު ޓިކެޓު
  • ޔޫއޭއީ (ދުބާއީ) ވިސާ
  • ދެ ރޭގެ ހުރުން
  • ދުބާއީ އިވްނިންގް ޑެޒެޓް ސަފާރީ ތަޖުރިބާކޮށްލުން (ޓްރާންސްޕޯޓާއެކު)

އިނަ މޯލްޑިވްސް އިން ބުނީ މި ޕެކޭޖުގެ ޑިމާންޑް ބޮޑު ކަމަށާއި އެހެންކަމުން ދުރާލާ ބުކިން ހެއްދުން މުހިންމު ކަމަށެވެ. މި ޕެކޭޖު ވިއްކަނީ މި މަހުގެ 11 އިން ޖުލައި 31ގެ ނިޔަލަށެވެ.

އިނަ މޯލްޑިވްސް އޭވިއޭޝަން ޑިރެކްޓަރު އަހުމަދު އިޖާޒު ވިދާޅުވީ މި ޕެކޭޖު ނެގުމުން އިތުރު ގިނަ ކަންތަކެއް ހިމެނިދާނެ ކަމަށެވެ.

"ޑެޒެޓް ސަފާރީގައި ވެސް ގިނަ ކަންތަކެއް ހިމެނޭނެ. މީގެ ތެރޭގައި ޑިނާ އާއި ދުބާއީގެ ސަގާފީ ހަރަކާތްތައް،" އިޖާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕެކޭޖު ނެގުމުން ދުބާއީގެ ފުލް ޓުއާއެއް ދިއުމުގެ ފުރުސަތުވެސް ލިބިދާނެ ކަމަށެވެ.

"މި ޕެކޭޖު ނަގާ މީހަކު ދުބާއީ ފުލް ޓުއާއެއްވެސް އަޅުގަނޑުމެންނަށް އަޅައި ދެވިދާނެ. މި ޕެކޭޖުގައި ހިމެނެނީ ދެ ދުވަސް އެހެންވެ ހަމައެކަނި ޑެޒެޓް ސަފާރީ ހިމެނެނީ،" އިޖާޒު ވިދާޅުވި އެެވެ.

މި ޕެކޭޖު އިނަ މޯލްޑިވްސް އިން ވިއްކަނީ ދުބާއީގެ ބަޖެޓް އެއާލައިން "ފްލައި ދުބާއީ" އާ ގުޅިގެންނެވެ. މިގޮތުން ފްލައި ދުބާއީ އިން ޗެކިން ބެގޭޖުގެ ގޮތުގައި 40 ކިލޯ އާއި ހޭންޑް ކެރިއާގެ ގޮތުގައި ހަތް ކިލޯގެ ތަކެތި ގެނައުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ ދުނިޔޭގެ އެންމެ ފެންވަރު މަތީ ބަޖެޓް އެއާލައިންގައި ތަޖުރިވާކޮށްލުމަށް ވެސް ލިބޭނެ ފުރުސަތެކެވެ.

މި ޕެކޭޖު އިނަ މޯލްޑިވްސްއިން ފަރުމާކޮށްފައިވަނީ ދުބާއީގައި މަޑުކުރަން ބޭނުންވާ މީހުންނަށް އިތުރު ޗާޖެއް ކޮށްލައިގެން މަޑުކޮށްލެވޭ ގޮތަށެވެ. ޕެކޭޖުގެ ބޭރުން އިތުރަށް މަޑުކުރަން ބޭނުންނަމަ އިތުރު ޗާޖެއްގެ ގޮތުގައި 39 ޑޮލަރު (ގާތްގަނޑަކަށް 600ރ.) ދައްކާލައިގެން ދުވަސް އިތުރުވެސް ކޮށްލެވެ އެވެ.