ހަބަރު

21 ކުއްޖަކު އިސްލާހުކުރަން ވާނީއަށް ފޮނުވާލައިފި

  • އެ ކުދިންނަށް ތަމްރީން ދޭނީ 27 ޓްރޭނަރުންގެ ޓީމަކުން
  • ޕްރޮގްރާމް ހިންގަނީ ޖެންޑާ އާއި ފުލުހުންނާ ގުޅިގެން
  • މައިންބަފައިންގެ ނުރުހުމުގައި ވެސް އެތަނަށް ގެންދާނެ

ގާނޫނަށް ހުރަސް އަޅައި، ގޭންގްތަކުގައި ހަރަކާތްތެރިވަމުން ދިޔަ، 21 ކުއްޖެއް ދ. ވާނީއަށް ދާދި ދެންމެއަކު ފޮނުވާލައިފި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. މި ކުދިން ވާނީއަށް ފޮނުވާލައިފަ ވަނީ އެކި ގޭންގްތަކުގައި ހަރަކާތްތެރިވަމުން އަންނަ ކުޑަކުދިން އެ ރަށުގައި ހުންނަ ފުލުުހުންގެ މަރުކަޒަކަށް ގެންގޮސް އެ ކުދިން އަނބުރާ މުޖުތަމައަށް ގެންނަން ހާއްސަ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ހިންގަން ނިންމާފައިވަނިކޮށެވެ.

އެކަމާ ގުޅިގެން އުމަރު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނަށް ހުރަސް އެޅި 21 ކުއްޖަކު ދާދި ދެންމެ އަކު ވާނީއަށް ފޮނުވާލައިފަވާ ކަމަށެވެ. އަދި 27 ޓްރެއިނަރުން އެކުލެވޭ ޑިވިޝަން ޕްރޮގްރާމެއްގައި ބައިވެރިކުރުވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު، ކުރިން ވިދާޅުވީ ގޮތުގައި ފުލުހުންގެ ތަމްރީނު މަރުކަޒުގައި ގެންދާ ރިހިބިލިޓޭޝަން ޕްރޮގްރާމަކީ، ސިފައިންނާއި ޖެންޑާ މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އުމަރު ވިދާޅުވީ، ކުށުގެ ވެށީގައި އެ ކުއްޖެއް އުޅޭނަމަ މައިބަފައިންގެ ރުހުން އޮތަސް ނުވަތަ ނުރުހުމުގައި ވެސް އެ ކުދިން ވާނީއަށް ގެންދާނެ ކަމަށެވެ.

އޭގެ ސަބަބުން ގޭންގްތަކުގައި ގެންގުޅޭ ކުޑަ ކުދިން މުޖުތަމައުން ނެގިގެން އެ ކުދިން ދާނެ، ދިޔައީމަ ދެން ތިބެނީ ގޭންތަކުގައި އިސްކޮށް ތިބޭ ފަރާތްތައް، ލީޑަރުންގެ މައްޗަށް މޮނިކޮން އަމުރު ހިނގަމުން އެދަނީ، މެދު ތެރޭ ތިބޭ ކްރައުޑަށް އަޅުގަނޑު އަންގާނަން، އަޅުގަނޑުމެން ބުނާ ތަނެއްގައި މަޑުކޮށްގެން ނުވާނެ ކަމަށް، މަޑުކޮށްފިއްޔާ ކުށްވެރިވާނެ، އެހިސާބަށް ގެންނާނަން އަދި،" އުމަރު ވިދާޅުވި އެވެ.