ހަބަރު

ފްރާންސް އިން ޕެރިސް އެގްރީމަންޓް ތަސްދީގު ކުރުމުން ތޯރިގު މަރުހަބާ ކިޔައިފި

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޕެރިސް އެގްރީމަންޓު ފްރާންސް އިން ތަސްދީގު ކުރުމުން ރާއްޖޭގެ އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ކުދި ގައުމުތަކުގެ އިއްތިހާދު، އެއޯސިސްގެ ޗެއާގެ ހައިސިއްޔަތުން ތޯރިގު ވިދާޅުވީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ޕެރިސް އެގްރިމެންޓް އެންމެ ފުރަތަމަ ތަސްދީގު ކުރި ގައުމަކަށް ފްރާންސް ވުމުން އުފާ ކުރައްވާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އެއްބަސްވުން ތަސްދީގު ކުރެއްވުމަށް ފްރާންސްގައި ބޭއްވި ރަސްމިއްޔާތުގައި އެ ގައުމުގެ ރައީސް އޮލާންޑޭ ވަނީ ޔޫރަޕްގެ ގައުމުތަކުން ވެސް މިއަހަރު ނިމުމުގެ ކުރިން އެ އެއްބަސްވުން ތަސްދީގު ކުރަން ގޮވާލައިފައެވެ.

ޕެރިސް އެގްރިމެންޓް މިހާތަނަށް 17 ގައުމަކުން ތަސްދީގު ކޮށްފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުދި އަދި ބިން ތިރި، ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ގައުމުތަކެވެ.

ޕެރިސް އެގްރީމަންޓުގެ މުހިންމު ނުކުތާތައް

* ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭހުގެ މިންވަރު މަދުކޮށް ބެލެންސް ކުރުން
* ފިނިހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށްކޮށް 1.5 ޑިގްރީ އަށް ލިމިޓްކުރަން މަސައްކަތް ކުރުން
* މަސައްކަތް ދާ ގޮތް ކޮންމެ ފަސް އަހަރަކުން މުތާލިއާ ކުރުން
* ދެހާސްވިހީ ވަނަ އަހަރުގެ ފަހުން ތަރައްގީވަމުން އަންނަ ހުރިހާ ގައުމަކަށް އަހަރަކު 100 ބިލިއަން ޑޮލަރު