ދުނިޔެ

ބަންގްލަދޭޝްގައި ޓީޗަރަކަށް އަނިޔާކުރި ކުއްޖާ މަރާލައިފި

މީގެ ދުވަސްކޮޅެއް ކުރިން ބަންގްލަދޭޝްގައި އިތުރު ދެ ކުއްޖަކާއެކު ޓީޗަރަށް ބޮޑެތި އަނިޔާތަކެއް ކުރި އުމުރުން 19 އަހަރުގެ ގޮލާމް ފައިޒުﷲ ފަހީމް ފުލުހުންގެ ހައްޔަރުގައި ބަހައްޓާ މަރާލައިފި އެވެ. މިކުދިން އަނިޔާކޮށްފައިވަނީ ހިސާބު ޓީޗަރަކަށް ކަމަށްވެ އެވެ.

ފުލުހުން ބުނީ ފަހީމްއަކީ ހިޒްބުއް ތަހްރީރް ޖަމާއަތުގެ މެމްބަރެއް ކަމަށް ޝައްކުކުރެވޭ ކަމަށެވެ. އެ ޖަމާއަތަކީ ހުރިހާ މުސްލިމް ގައުމުތައް ޔުނިޓަރީ އިސްލާމިކް ސްޓޭޓަކަށް ހަދަން މަަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށެވެ. މިއީ ބަންގްލަދޭޝް އަދި އެހެނިހެން ވެސް ގިނަ ގައުމުތަކުގައި ހަރަކާތްތެރިވުން މަނާކޮށްފައިވާ ޖަމާއަތެކެވެ.

ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅުން އޮންނަ ކަމަށް ޝައްކުކޮށް ފަހީމް އާ އިތުރު ހަ މީހުން ގަޔަށް ބަޑި ޖަހައި މަރާލާފައިވަނީ އެތީސްޓް ބްލޮގަރުންނާއި، ބޭރުގެ އެހީދޭ ޖަމާއަތްތަކުގެ މެމްބަރުންނާއި، ގޭ-ރައިޓްސް ކެމްޕޭނަރުން އަކީ ދީނީ ކަންކަން މޮނިޓާކުރާ ޖަމާއަތްތަކުގެ މެމްބަރުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ދުވަސްވަރެއްގަ އެވެ.

ފަހީމް މަރާލީ އޭނާ އާ ގުޅުހުން ހުރި ދަނޑެއް ހުންނަ ސަރަހައްދެއް ބަލައި ފާސްކުރަން ގޮސް ދިން ހަމަލާތަކެއްގަ އެވެ. ފުލުހުން ބުނީ ހިޒްބުއް ތަހްރީރް ޖަމާއަތުގެ މެމްބަރުން ފިލާތިބޭ ތަންތަން ފަދަ މުހިންމު މައުލޫމާތުތަކެއް ފަހީމްގެ ފަރާތުން ލިބުނު ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފަހީމްގެ މޭމަތިން ވާތް ފަރާތަށް ވަޒަން އަރާފައިވާ ކަމަށާއި މަރުވެގެން ހޮސްޕިޓަލަށް ގެނައިރުވެސް އޭނާގެ އަތުގައި ބިޑި އަޅުވާފައިވާ ކަމަށެވެ.

ފަހީމްމެން އަނިޔާކުރި ޓީޗަރު ކަމަށްވާ ރިޕޯން ޗަކްރަބަރްތީ، 50، ގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެ އެވެ. ހިންދޫ ދީނުގެ އެޓީޗަރަށް ފުރާނައަށް ނުރައްކާވާފަދަ ހަމަލާތަކެއް ދީފައިވާ ކަމަށްވެ އެވެ.