ހަބަރު

ތަހުގީގު ފެށި މައްސަލައަކާ ގުޅިގެން ދެ އަންހެން ކުއްޖަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން 18 އަހަރުން ދަށުގެ ދެ އަންހެން ކުއްޖަކު ހޯދަން އިއުލާން ކޮށްފި އެވެ.

ފުލުހުން ބުނީ ފުވައްމުލައް، ހޯދަޑު، އޯޝަންވިލާ، ނައުފާ އަހުމަދު އާއި ހަމަ އެގޭގެ ރަޝްފާ އަހުމަދު އަކީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ ދެކުދިން ކަމަށާއި އެއީ އުމުރުން 17 އަހަރުގެ ދެކުދިން ކަމަށެވެ.

އެ ދެކުދިންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލުމާތެއް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ގުޅުއްވައި ހިއްސާ ކުރުމަށް ވެސް އެދިފައި ވެއެވެ.