ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ސާފު ފެން ރައްކާކުރާނެ ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.
މީގެ ކުރިންވެސް މިފަދަ އިއުލާނެއް ހެލްތު މިނިސްޓްރީން ކޮށްފައިވީނަމަވެސް އެއްވެސް ފަރާތަކުން އެކަމަށް ކުރިމަތިލާފައެއް ނުވެ އެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކުރިން އެ މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ އެ އިއުލާނު ބާތިލުކޮށް އަނެއްކާވެސް އެ މަސައްކަތް އިއުލާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ ކުރިން 26 އެ މިނިސްޓްރީއަށް، ނުވަތަ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު މިމަހުގެ ތިރީހުގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން އެދޭ ކަމަށެވެ.
މައުލޫމާތު ސާފުކުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަންނާނެ ކަމަށް ހެލްތުގެ އިއުލާނުގައި ބުނެފައިވެ އެވެ.