ދެކުނު ކޮރެއާ

ދެކުނު ކޮރެއާގެ އެއާޕޯޓެއްގައި ނުރައްކާތެރި އެކްސިޑެންޓެއް

ދެކުނު ކޮރެއާގެ މުއާން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިނގި ހާދިސާގައި ހިމެނޭ މަތިންދާބޯޓު
0%
0%
0%

ދެކުނު ކޮރެއާގެ މުއާން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި މަތިންދާ ބޯޓެއް ޖެއްސި ވަގުތު އެ ބޯޓު ކަހާލައިގެން ހިނގި ނުރައްކާތެރި ހާދިސާގައި 70 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މިއަދު ފަތިހު 9:03 ހާއިރު ހިނގި މިހާދިސާއާއި ގުޅިގެން އެ ވަގުތު 181 މީހުންގެ ތެރެއިން 70 މީހުން މަރުވެފައިވާ ކަމަށް ދެކުނު ކޮރެއާގެ ކަމާ ގުޅޭ އިދާރާތަކުން މައުލޫމާތުދެ އެވެ.

މި ހާދިސާ ހިނގީ ބޯޓު ރަންވޭއަށް ޖެއްސި ވަގުތު ކަހާލައިގެން ގޮސް އެ ދިމާލުގައި ހުރި ފާރެއްގައި ޖެހިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

ތައިލެންޑުން ފުރައިގެން ދެކުނު ކޮރެއާ އަށް ދަތުރުކުރި މި ބޯޓު ވަރަށް ބޮޑަށް ހަލާކުވެ ބޯޓުގެ ތެރޭގައި ބައެއް މީހުން އަދިވެސް ތާށިވެފައި ތިބުމާ ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މިހާދިސާއާ ގުޅިގެން ދެކުނު ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަންގް-މޮކް ވަނީ ފަސިންޖަރުން ސަލާމަތްކުރުމަށް ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށް އަމުރުކުރައްވާފަ އެވެ. އަދި އޭނާ ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910