ދުނިޔެ

ސީރިޔާގައި ރަޝިޔާއިން ފަނާކުރާ ހަތިޔާރު ބޭނުންކުރާކަން ފަޅާ އަރައިފި

Jun 22, 2016

ސީރިޔާގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ރަޝީޔާއިން ފަނާކުރުވަނިވި ހަތިޔާރެއް ކަމަށްވާ ކްލަސްޓާ ބޮން ބޭނުން ކުރާ ކަން ހާމަވެއްޖެއެވެ.

ރަޝިޔާގެ ގައުމީ ޓީވީ، އާރްޓީ އިން އާންމު ކުރި މަންޒަރުތަކެއްގައި ރަޝިޔާގެ ވައިގެ ސިފައިން ކްލަސްޓާ ބޮން ބޭނުންކޮށްގެން ހަމަލާ ދޭ މަންޒަރުގެ ވީޑިއޯ ފްޓޭޖުތައް ވަނީ ދައްކާފަ އެވެ.

މިދިޔަ ހަފުތާގައި ރަޝިޔާގެ ދިފާއީ ވަޒީރު ވަނީ ސާޖީ ޝޯގް ވަނީ ސީރިޔާއަށް ވަޑައިގެން ރަޝިޔާގެ އަސްކަރީ ސަރހައްދަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ރަޝިޔާއިން ހަމަލާ ދީފައިވާ ސަރހައްދުތައް ބައްލަވާލައްވާ މަންޒަރު ވީޑިއޯގައި ވަނީ ހިމަނާފައެވެ. އެ ސަރަހައްދުން ކްލަސްޓާ ބޮންތައް ފެނެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ރަޝިޔާއިން ބޭނުންކޮށްފައިވަނީ އާރްކޭބީ 500 ޒެބް 25 އެސްއެމްގެ ބޮންތަކެވެ.

އެވީޑިއޯއާ ގުޅިގެން އޭގެ ޝްކްރީން ޝޮޓްތައް ބޭނުންކޮށް ރަޝިޔާއަށް ފާޑު ކިޔަން ފެށުމުން، އާރްޓީ އިން ވަނީ އެވީޑިއޯ އެޑިޓްކޮށް ފަސް ސިކުންތު ވީޑިއޯއިން އުނިކުރުމަށްފަހު މިދިޔަ އާދިއްތަ ދުވަހު އަލުން ދައްކާފައެވެ. އާ ވީޑިއޯގައި ކްލަސްޓިއާގެ ބޮމުގެ މަންޒަރުތައް ހިމަނާފައެއް ނުވެއެވެ.

ކްލަސްޓިއާ އަކީ ބައިނަލްއަގުވާމީ ގޮތުން މަނާކޮށްފައިވާ ހަތިޔާރެކެވެ. ކްލަސްޓާ މަނާ ކުރާ ގަރާރުގައި 100 ގައުމަކުން ސޮއިކޮށްފައިވާއިރު، ރަޝިޔާއިން އެ ގަރާރުގައި ސޮއި ކޮށްފައެއް ނުވެއެވެ.