ދުނިޔެ

ތައިވާނާއެކު މުއާސަލާތީ ގުޅުންތައް ޗައިނާއިން ކަނޑާލައިފި

Jun 25, 2016

ތައިވާނުގެ އާ ސަރުކާރުން 'އެއް ޗައިނާ' ޕްރިންސިޕަލް ބަލައިގަތުމަށް ދެކޮޅު ހެދުމުން ތައިވާނާއެކު އޮންނަ މުއާސލަތީ ގުޅުންތައް ޗައިނާއިން ކަނޑާލައިފިއެވެ.

ޗައިނާއިން ބުނީ ތައިވާންގެ ރައީސް ކަމާ މިދިޔަ މަހު ހަވާލުވި ޓަސައި އިންގް ވިން ވަކި ދައުލަތެއްގެ ގޮތަށް ތައިވާން މިނިވަން ވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓަސައިގެ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީން ބުނީ އެޕާޓީން ބޭނުންވަނީ މިހާރުވެސް ޗައިނާއާ އެކު އޮންނަ ގުޅުން ސުލްހަ ވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ޗައިނާއާއި ތައިވަނުން 1992 ވަނަ އހަރު އެއްބަސްވެފައިވަނީ 'އެއް ޗައިނާ' ގެ އެއްބަސްވުމަށެވެ.. އެއީ ތައިވާނަކީވެސް ޗައިނާގެ ސަރަހައްދެއްގެ ގޮތުގައި އޮތުމަށެވެ.

ތައިވާނުން ބަލައެއް ނުގަނޭ 1992 ވަނަ އަހަރު ވެވުނު އެއްބަސްވުމެއް. މިއީ ސީޔާސީ ގޮތުން އެއް ޗައިނާއެއްގެ ގޮތުގައި އޮތުމަށް. ނަމަވެސް އެ އެއްބަސްވުމާ ތައިވާނުން ޚިލާފު ވަމުންދާތީ މުއާސަލަތީ ގުޅުން ކަނޑާލީ" ޗައިނާ ސަރުކާރުގެ ސްޕޯކް ޕާސަން އެން ފެންގްޝަން ވިދާޅުވިއެވެ.

ޗައިނާގެ ތައިވާން އެފެއާޒުން ބުނެފައިވަނި މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ތައިވާނުން، 1992 ވަނަ އަހަރު ވެވުނު އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށެވެ.

ޗައިނާއިން ތައިވާނާއެކު މުއާސަލާތީ ގުޅުން ކަނޑާލިކަން އިއުލާން ކޮށްފައިވަނީ ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި ޗައިނާއިން ހޯދަން ބޭނުންވާ ތައިވާނުގެ 25 މީހަކު ކެމްބޯޑިއާއިން ޑީޕޯޓްކޮށްލުމުން ތައިވާނުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ތައިވާނުން މެއިން ލޭންޑް އެފެއާޒުން ބުނީ ކެމްބޯޑިއާއިން އަމަލު ކުރި ގޮތުގެ ސަބަބުން ޗައިނާގެ ތައިވާން އެފެއާޒް އޮފީހުގައި ކޮމިޔުނިކޭޝަން ސިސްޓަމް މެދުވެރިކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވާނެކަމަށެވެ.

ތައިވާނުގެ ކުރީގެ ރައީސް މައިޔަންގް ޖޯގެ ވެރިކަމުގައި އޭނާ ވަނީ 2008 ވަނަ ވަނީ މުއާސަލަތީ ނިޒާމުގެ ތެރެއިން ފަތުރުވެރިކަމާ އަދިވެސް ބޮޑެތި އެއްބަސްވުންތަކެއް ޗައިނާއާއެކު ގާއިމުކޮށްފައެވެ.

ނަމަވެސް މުއާސަލަތީ ގުޅުންތައް ކަނޑާލުމުން ތައިވާނަށް އެފުރުސަތުތައް ގެއްލިދާނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއި ޗައިނާއިން ތައިވާނާ ދެކޮޅަށް އެލި ދަތިކުރުމުގެ ފިޔަވަޅެކެވެ.