ދުނިޔެ

އެމެރިކާގެ ވާޖީނިއާގައި ފެންބޮޑުވެ 24 މަރު، މީ ނުރައްކާތެރި ކާރިސާއެއް: އޮބާމާ

އެމެރިކާގެ ވާޖިނިއާގައި ފެންބޮޑުވެ 24 މީހުން މަރުވެ 30000 ވުރެ ގިނަ މީހުން ހާލުގައި ޖހިއްޖެއެވެ.

އަދި މިހާދިސާގެ ސަބަބުން 30000 ވުރެ ގިނަ ގެއިން ވަނީ ކަރަންޓް ހިދުމަތް ކެނޑިފައެވެ.

އަދި މިހާދިސާގެ ސަބަބުން 30000 ވުރެ ގިނަ ގެއިން ވަނީ ކަރަންޓް ހިދުމަތް ކެނޑިފައެވެ.

އަދި އޭނާ ވަނީ ވާޖިނިއާގެ ގަވަރުނަރު އެރަލް ރޭ ޓޮމްބްލިން ހުށަހަޅުއްވާފައިވާ ހުށަހަޅުއްވާފައިވާ ގޮތުގެ މަތިން އެންމެ ނުރައްކާތެރި ކާރިސާއެއްގެ ލެވަލުގައި މިހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ ފެޑްރަލް އެއިޑް ބިއުރޯއަށް ގޮވާލައްވާފައެވެ.

ގަވަރުނަރު އެރަލް ރޭ ވިދާޅުވީ މިހާދިސާގެ ސބަބުން ގެއްލުން ލިބުނީ ހުޅަނގު ވާޖިނިއާގެ ސަރހައްދުގެ މީހުންނަށް ވަގުތީ ހިޔާ އާއި ބޭހާއި ކާނާ ފޯރުކޮށްދީފައިވާ ކަމަށެވެ.

މިހާދިސާގައި މަގުތަކާއި ގެތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން 100 އަށް ވުރެ ގިނަ ގެދޮރު ވަނީ ބޭޏުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

ފެޑްރަލް އެހީދޭ ބިއުރޯއިން ބުނެފައިވަނީ މިހާދިސާގައި 32000 މީހުންނަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް ލާފާ ކުރެވޭ ކަމަށެވެ.

ވެއްޓިފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުގައި އިތުރު ބަޔަކު ތިބިތޯ ފެޑްރަލް އެހީގެ ބިއުރޯއިން ދަނީ ބަލުމުންނެވެ. ހާދިސާގައި ޝޮޕިންމޯލްތަކާއި ފެކްޓްރީތަކުން ނުނިކުމެވިފައި ތިބިމީހުން އެބިއުރޯއިން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްދީފައެވެ.