ދުނިޔެ

ސޮލަވާކިއާ އަކީ ދެ ވަނަ ޕޮލެންޑް، މެޗް އުނދަގޫ ވާނެ: ޖަރުމަން ކޯޗް

Jun 26, 2016

ސޮލަވާކިއާއާ ދެކޮޅަށް ކުޅެން ޖެހުމުން ހަނދާން ވަނީ ގުރޫޕް ސްޓޭޖުގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗް މަތިން ކަމަށް ޖަރުމަންގެ ކޯޗް ޖޯކިމް ލޯ ބުނެފިއެވެ.

ގުރޫޕް ސްޓޭޖުގައި ޕޮލެންޑާ ދެކޮޅަށް ޖަރުމަން ކުޅުނު މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

"އެ ޓީމާ ދެކޮޅަށް ކުޅޭއިރު ކުޅޭނެ ޖާގައެއް ނުދޭނެ. އަދި ހިލޭ ޖެހުންތަކުގައިވެސް އެޓީމުން ނުރައްކާ ކުރާނެ." ލޯ ބުންޏެވެ.

ލޯ ބުނީ "ސޮލާވާކިއާވެސް ކުޅޭނީ ވަރަށް އޮގަނައިޒް ގޭމެއް ލިބޭ ފުރުސަތުތަކުގައި އެޓީމުންވެސް ނުރައްކާ ކުރާނެ" ކަމަށެވެ.

އޭނާ ވަނީ ޖަރުމަންގެ މިޑްފީލްޑާ މެސްޓް އޮޒިލްއާއި ޓޯނީ ކްރޫޒަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

އޮޒިލްއާ ބެހޭގޮތުން އޭނާ ބުނީ ޖަރުމަންގެ މެދުތެރޭގައި އޮޒިލް ތަނަވަސްކޮށްދޭ ކޮންމެ ބޯޅައަކީވެސް ޓީމަށް އެއިން ނުރައްކާތެރި ހަމަލާއަކަށް އުފެއްދުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

"ޕޮލެންޑްގެ މެޗްގައި ނަތީޖާއެއް ނުނެރެވުނަސް ޓީމުގެ މެދުތެރެއިން ރަނގަޅު ބޯޅަތަކެއް ވަނީ ތަނަވަސްކޮށްފަ"

ޖަރުމަނަށް 1996 ވަނަ އަހަރުގެ ފުން ޔޫރަޕްގެ ތަށީގައި އަތް ލެވިފައެއް ނުވެއެވެ. އެހެންވެ މިފަހަރުގެ ޔޫރޯ ޖަރުމަށް ހޯދައި ދިނުމަކީ ކްރޫޒްގެ ވަރަށް ބޮޑު އުންމީދެކެވެ.

"ކްރޫޒްގެ މަސައްކަތް ވަރަށް ފުރިހަމަ 2008 ވަނަ އހަރާއި 2012 ވަނަ އަހަރު އޭނާ ދެއްކި ކުޅުން ދަނީ ތަކުރާރު ކުރަމުން ލޯ ބުންޏެވެ.