ދުނިޔެ

އިޓަލީގެ މާފިއާ ލީޑަރަކު ހައްޔަރުކޮށްފި

އިޓަލީގައި ދެވަނައަށް އެންމެ ބޮޑު މާފިއާ ލީޑަރު އާނެސްޓޯ ފަޒަލާރީ ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އަތުލައިގަންނަން މަސައްކަތް ކުރާތާ 20 އަހަރު ފަހުންނެވެ.

އުމުރުން 46 އަހަރުގެ ފަޒަލާރީ ފިލާފައިވަނީ އޭނާގެ މައްޗަށް މަރުގެ ހުކުމް ވެސް އިއްވާފައިވަނިކޮށެވެ. ފަޒަލާރީ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އޭނާ އުޅޭގެއަށް ފުލުހުން ވަދެ އޭނާ ނިދާފައި އޮއްވަ އެވެ.

ފުލުހުން ފަޒަލާރީ ސިފަކޮށްފައިވަނީ މާފިއާ ގްރޫޕް، "ދްރާންގެތަ" ގެ ލީޑަރުގެ ގޮތުގަ އެވެ. ފަޒަލާރީ ނިސްބަވްވާ ގްރޫޕަކީ ޔޫރަޕްގައި އެންމެ ފުޅާކޮށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކޭންގެ ވިޔަފާރި ކުރާ ގްރޫޕު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފަޒަލާރީ ފިލާފައިވަނީ މީހުން މެރުމާއި، މީހުން މެރުމުގައި ބައިވެރިވި ކަމުގެ ކުށާއި، މާރާމާރީ ހިންގުން އަދި މާފިއާ ގްރޫޕުތަކާއި ގުޅުން އޮންނަ ކަން ސާބިތުވެ މަރުގެ ހުކުމް އިއްވާފައިވަނިކޮށް 1996 ވަނަ އަހަރެވެ.