ދުނިޔެ

ސިންގަޕޫރު އެއާ ލައިންގެ ފްލައިޓެއްގައި ރޯވެއްޖެ، މީހަކަށް ގެއްލުމެއް ނުލިބޭ

Jun 27, 2016
1

ސިންގަޕޫރުގެ އެއާލައިންގެ މަތިންދާ ބޯއްޓް އެސްކިޔް 368 ގައި އަލިފާން ރޯވެ ގެއްލުންވެއްޖެ އެވެ. ނަމަވެސް މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ބޯޓްގައި އަލިފާން ރޯވެފައިވަނީ ބޯޓްގެ އެއް އިންޖީނަށް ދިމާވި މައްސލައެއްގައި، އިމަޖެންސީގައި އިޓަލީގެ މިލާންގެ އެއާޕޯޓަށް ޖެއްސި ފަހުންނެވެ.

ބޯޓްގައި އަލިފާން ރޯވުމުގެ ކުރިން ފަސިންޖަރުންނާއި ވަނީ ސަލަމާތްވެފައެވެ.

ބޯޓް އުދުހެމުން ދަނިކޮށް ޕައިލެޓް ވަނީ ބޯއްޓްގެ އިންޖީނަށް މައްސަލައެއް ދިމާވި ކަމަށް ރިޕޯޓްކޮށްފަ އެވެ.

ރިޕޯޓްތައް ބުނެފައިވަނީ ފަސް މިނެޓާއި 10 މިނެޓާ ދޭތރޭ ވަގުތެއްގައި ބޯޓުގެ ރޯވި އަލިފާން، މިލާންގެ އެއާ ޕޯޓްގެ އަލިފާން ނިއްވާ މީހުން ނިވާލާފައިވާ ކަމަށެވެ.

ސިންގަޕޫރު އެއާލައިނުން ބުނެފައިވަނީ، އިތުރު ބޯއްޓެއް ފޮނުވައިގެން ދަތުރު ކުރި މީހުން މިއަދު ފުރުވާލާނެ ކަމަށެވެ.