ޕްރޮމޯޝަން

ޕިރަމިޑުން މަންޗީމާރީ ބިސްކޯދުގެ ޕްރޮމޯޝަނެއް ފަށައިފި

Jun 29, 2016
1
  • ޕްރޮމޯޝަންގައި 10 ޕަސެންޓުގެ ޑިސްކައުންޓް
  • ވިއްކަނީ މަންޗީމާރީ އާއި ރިޓްޒްބަރީ ޗޮކްލެޓްއެކުގައި
  • ތިން ރެސިޕީވެސް ލިބޭ

ރާއްޖެއަށް ކާނާގެ ގިނަ ބާވަތްތަކެއް އެތެރެކޮށް ވިއްކަމުން ގެންދާ ޕިރަމިޑުން "މަންޗީމާރީ" ބިސްކޯދުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މަންޗީމާރީއަށް ހާއްސަކޮށްގެން ޕިރަމިޑުން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި މަންޗީމާރީ ބިސްކޯދު ޕެކެޓަކާއެކު ރިޓްޒްބަރީ ކުކިން ޗޮކްލެޓެއް އެއްކޮށް ވިއްކަ އެވެ. ދިހަ ޕަސެންޓުގެ ޑިސްކައުންޓާއެކު ވިއްކާ މަންޗީމާރީ ބިސްކޯދާއެކު ތިން ރެސިޕީވެސް ލިބެ އެވެ.

މަންޗީ މާރީ ބިސްކޯދަކީ ވަރަށް ކުރީއްސުރެން ފެށިގެން ދިވެހިންގެ ތެރޭގައި ބިސްކޯދު ޕުޑިން އަދި ބިސްކޯދު ފަޖު ފަދަ ތަކެތި ހެދުމަށާއި އަދި ބިސްކޯދުން ހަދާ ތަފާތު ބާވަތްތައް ހެދުމަށް އެންމެ މަޤްބޫލު ބިސްކޯދުގެ ބާވަތެވެ. ޕިރަމިޑްގެ މި ޕްރޮމޯޝަންގައި ރިޒްބަރީ ބްރޭންޑުގެ 400g ކުކިން ޗޮކްލެޓެއް ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.